ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫ ފަޅުތެރޭގައި ސީވީޑް އާލާކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމާއި ބެހޭު

ގއ.ދާންދޫ ފަޅުތެރޭގައި ސީވީޑް އާލާކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމާއި ބެހޭު

  • މި ކައުންސިލުން 02 ސެޕްޓެންބަރު 2026ގައި ޢާންމުކޮށް ދިވެހި ރާއްޖޭގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، "ދާންދޫ އިޚްތިޞާޞް ތެރޭގައި ހިމެނޭ ކަނޑާއި، ފަރާއި ފަޅުގެ ސަރަހައްދުގެ ޒޯންތަކުން ބައި ކުއްޔަށް ދޫކުރުމާއި، ހަވާލުކުރުމާއި އަދި ފީ ނެގުމާއިބެހޭ ޤަވާޢިދު" (ޤަވާއިދު ނަންބަރ: P5-Q/2026/1) ގެ ދަށުން، ސީވީޑް އާލާކޮށް އޭގެން ނަފާހޯދުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، ބިޑް އުޞޫލުން ދާންދޫ ފަޅުތެރެއިން ބޭނުންވާ ސަރަހައްދުން (ބިން) ކުއްޔަށްދިނުމުގެ ފުރުޞަތު ދާންދޫގެ ރަށްވެހިންނަށް ޢާންމުކޮށް ހުޅުވާލަމެވެ.
  • މި ބީލަމުގައި ރަޖިސްޓްރީވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • މި ބިންތަކަށް ކުރިމަތި ލެވޭނީ ދާންދޫގެ ރަށްވެހިންނަށެވެ. މި ބިންތަކަށް ކުރިމަތިލާއިރު ވިޔަފާރި ރަޖިސްޓްރީއެއް އޮންނާކަށް ނުޖެހޭނެއެވެ. ނަމަވެސް ކުއްޔަށްނަގާ ބިމުގައި ވިޔަފާރި ކުރަން ފަށަންވާނީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެންނެވެ.
  • އެއްފަރާތަކަށް އެއްބިމަށްވުރެ އިތުރުބިމެއް މި އިޢުލާނުގެ ދަށުން ކުއްޔަށް ނުދެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން ފަޅުތެރެއިން ކުއްޔަށް ބިންދޫކުރާ ސަރަހައްދުގެ ބިން ދައްކުވައިދޭ ޗާޓެއް މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.

ކުއްޔަށް ދޫކުރެވޭ ބިންތަކުގައި ކުރެވޭނެ ވިޔަފާރި، ބިން ދޫކުރާ މުއްދަތު އަދި ހުށަހެޅޭނެ އެންމެ ކުޑަކުލި އަދި ދޫކުރެވޭ ބިމުގެ ބޮޑުމިން

  • މި ބިންތަކުގައި ކުރެވޭނީ ސީވީޑް އާލާކޮށް އޭގެން ވިޔަފާރި ކުރުމުގެ މަސައްކަތެވެ.
    • ބިން ކުއްޔަށްނެގޭ މުއްދަތު: 60 މަސް ދުވަސް (5 އަހަރު ދުވަސް)
    • މި ބިންތައް ދޫކުރެވޭނީ އެންމެ ދިގު މުއްދަތަކަށް އެއްފަހަރާ 5 އަހަރު ދުވަހަށެވެ.
    • މި އިޢުލާނުގެ ދަށުން ދޫކުރެވޭ ސަރަހައްދު (ބިންތަކު)ގެ އަކަފޫޓަކަށް ކަނޑައެޅިފައިވާ 50/- (ފަންސާސް ލާރި)އަކީ ކައުންސިލުން މިކަމަށް އަކަފޫޓަކަށް ކަނޑައަޅާފައިވާ އެންމެ ދަށް ކުއްޔެވެ. ނަމަވެސް މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް ވާދަވެރިކަމުގެ ތެރެއިން ބިޑް ކާމިޔާބުކުރުމަށް މިއަށްވުރެ މަތިކޮށް ކުލި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވިފައިއެވެ.
    • މިފަހަރު މި އިޢުލާންކުރަނީ މިކަމަށް 2 ސަރަހައްދެކެވެ. އެއް ސަރަހައްދަކީ "ކަންޑާ" އާއި ވޮޑަމުލާއާއި ދެމެދުން އޮތް ދާންދޫގެ ފަޅުގެ އިޚްތިޞާޞްގެ ތެރެއިން 15,000 (ފަނަރަހާސް) އަކަފޫޓުގެ 2 ބްލޮކް، އަދި ރަށުގެ އުތުރުކޮޅުގެ ފަޅުގެ އިޚްތިޞާޞްގެ ތެރެއިން 15,000 (ފަނަރަހާސް) އަކަފޫޓުގެ 2 ބްލޮކް، ޖުމްލަ 4 ބްލޮކް އެވެ.

ކުލި ހުށަހަޅާނެ ގޮތް:

  • ބިޑް ހުށަހަޅާ ފަރާތުން ކުލި ހުށަހަޅާނީ، މިކައުންސިލުން މަޢުލޫމާތު ދޭ ސެޝަނުގައި ދެވޭ ބިޑް ހުށަހަޅާ ފޯމުންނެވެ.
  • ފުރަތަމަ 12 މަސްދުވަހުގެ މުއްދަތުގައި ކުލި ނުހިގާނެއެވެ.

ބޭނުންވާ ބިމުގެ ބޮޑު މިން

ބިމުގައި ކުރާ ބޭނުން

އަކަފޫޓަކަށް

 ފެށޭކުލި

ކުއްޔަށް ހިފަންބޭނުންވާ ކުލިހިނގާ މުއްދަތު (މަސް ދުވަހުގެ އަދަދު)

ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ކުލި (މަހަކަށް އަކަފޫޓަކަށް)

ޖުމްލަ އަގު

15,000

"ސީވީޑް ފާމް" ހިންގުން

50/-

48 މަސްދުވަސް (4އަހަރު)

 

 

  • ކުލި ހުށަހަޅާނީ މިޓޭބަލުގައި ދައްކައިދީފައިވާ ގޮތަށް ކުލި ބަޔާންކުރުމަށް ކަނޑައެޅިފއިވާ ގޮޅީގައި މަހަކަށް އަކަފޫޓަކަށް ދޭން ބޭނުންވާ ކުލި، ލާރި / ރުފިޔާ އިން ކުލި ޖަހައިގެން، މަހަކަށް ދޭންޖެހޭ ކުލި ޖުމްލަ އަކަފޫޓާއި ގުނަކޮށްގެން އެފަރާތަކުން ބިން ބޭނުންވާ ޖުމްލަ 5 އަހަރުގެ މުއްދަތުގެ ތެރެއިން ކުލި ނުހިނގާ 12 މަސްދުވަސް ކެނޑުމަށްފަހު، ދާންދޫ ކައުންސިލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ފައިސާ ހިމަނައިގެންނެވެ.
  • ކައުންސިލުން އަކަފޫޓަކަށް ފެށޭ ކުލި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށް އެއްވެސް ފަރާތަކުން މިކަމަށް ކުލި ހުށަހަޅައިގެން ނުވާނެއެވެ.
  • މިކަމަށް ކުރިމަތިލާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލި ކަމުގައި ކަނޑައަޅާފައިވާ އަކަފޫޓަކަށް 50/-(ފަންސާސް ލާރި) މި އަށްވުރެ ކުޑަ ކުލި ހުށަހަޅާފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.

އިވެލުއޭޓްކުރެވޭނެ ކްރައިޓީރިއާ

  • ކުލި % 85         
  • ވިޔަފާރި ޕްލޭން % 5
  • ސީ.އެސް.އާރުގެ ދަށުން ކުރަން ހުށަހަޅާ ކަންތައްތައް % 10

ބިޑްރަޖިސްޓްރީ ކުރުން:

މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

ލިންކް:  https://forms.gle/Lfw9stViRfPDdcfC8އިން ނުވަތަ ސިޓީއަކުންވެސް މި ބީލަމުގައި ރަޖިސްޓްރީ ވެވިދާނެއެވެ.

މަޢުލޫމާތު ދިނުން:

މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ  26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގ ގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ހުށަހެޅުން:

ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 02 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު:-

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2026
ހޯދާ