ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހިއުމަން ރިސޯސަސް (އެޗް.އާރު) ސޮފްޓްވެއަރއެއް ހޯދުމާ ގުޅޭ

އިޢުލާން

ހިއުމަން ރިސޯސަސް (އެޗް.އާރު) ސޮފްޓްވެއަރއެއް ހޯދުމާ ގުޅޭ

މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިވިޜަންގައި ބޭނުން ކުރުމަށް އެޗް.އާރު ސޮފްޓްވެއަރއެއް ހޯދުމަށް ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2016/007 (11 ފެބުރުވަރީ 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ