ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް 14 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފ.ފީއަލީ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް 14 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން

 

 

  1. 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފ.ފީއަލީ އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތަށް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި، ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
  5. އަންދާސީ ހިސާބު ހުށައެޅުމަށް މިއިދާރަގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު 2026 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ނުވަތަ ނިލަންދެ އަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލް އިދަރާއަށް ހުށައަޅަންވާނެއެވެ.  
  6. މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  7. ބިޑް ހުޅުވުން އޮންނާނީ 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:15 ގައި، މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑާއިގަންނަވާނެއެވެ.

 

      ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ

      އަމީނީމަގު، ފ.ފީއަލީ، ދިވެހިރާއްޖެ.

      ފޯން: 6740012،7666594

      އީމެއިލް: [email protected]

      ކޮޕީ: [email protected]

 

8 ޖުމާދުލްއޫލާ 1448

                               19 އޮކްޓޯބަރ 2026

                                    

 

 

                                                     އަޙްމަދު އިލްހާމް

                                                     ފީއަލީ ކައުންސިލްގެ ރައީސް

19 އޮކްޓޫބަރު 2026
ހޯދާ