ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްލިންކް އެންޓަނަރ ޖެހުމަށް ދޫކޮށްފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގައި ނަންބަރު ޖެހުމާ ގުޅޭ

                މި ރަށުގައި އިންޓަރނެޓްގެ ހިދުމަތް ދެމުންދާ ސެޓްލިންކް ޕުރައިވެޓް ލިމިޓެޑަށް އެންޓަނަރ އެއްޖެހުމަށް  ދޫކޮށްފައިވާ ބިމުގައިވާ  ރައްޔިތުންގެ ރުއްގަހުގައި މިއަދުން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ނަންބަރު ޖެހުމަށް ފަހު، 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ އަދަދު ނޯޓްކުރެއްވުން އެދެމެވެ. މި ރުއްގަސްތަކުގައި ހުދުކުލައިން (×) ފާހަގަޖަހާފަ ހުންނާނެއެވެ. މި އިއުލާނާއެކު މި ސަރަހައްދު އެނގޭނެ ޗާޓް އާންމުކުރީމެވެ. އަދި މި މުއްދަތުގައި ނަންބަރު ނުޖަހާ ހުންނަ ރުއްގަހާމެދު ޤާނޫނު ނަންބަރު 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ  ޤާނޫނު) ގެ ދަށުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

19 އޮކްޓޫބަރު 2026
ހޯދާ