އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަންޏާމީދޫ ކައުންސިލްގެ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ލޯގޯ އަދި ބްރޭންޑިން ކިޓް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމަވެ. ހުށަހެޅޭ ލޯގޯ އަދި ބްރޭންޑިންގ ކިޓްތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް -/20000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

               ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ އަދި ބުރޭންޑިންގ ކިޓްތަކުގެ ސޮފްޓް ފައިލް އަދި ޕީޑީއެފް ފައިލްތައް، 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ހަންޏާމީދޫ ކައުންސިލްގެ އިންފޮމޭޝަން މެއިލް ([email protected]) އަށް މެއިލްކުރެއްވުން އެދެމެވެ. 

              ހަންޏާމީދޫ ކައުންސިލްގެ ރަސްމީ ލޯގޯ އަދި ބްރޭންޑިންގ ކިޓް ފަރުމާކޮށްދޭނެގޮތުގެ މައުލޫމާތު ޝީޓް މިއިއުލާނާއިއެކު ހިމަނާލެވިފައި ވާނެއެވެ.

               އިތުރު މަޢުލޫމާތު ހޯދެއްވުމަށް އިދާރާގެ ނަންބަރ 6680056 އަށް ގުޅުއްވުން އެދެމެވެ.  

               މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2026
ހޯދާ