މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
ޕްރިންސިޕަލް ޕަބްލިކް ރިލޭޝަންސް އޮފިސަރ - މީޑިއާ ޔުނިޓް

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މަޤާމް ނަންބަރ:

J-463845

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރިސް ރޭންކް 8 – ހަރުފަތް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓަރސް ސެކްރެޓޭރިއެޓް ސެކްޝަން، މީޑިއާ ޔުނިޓް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

އަސާސީ މުސާރަ:

މަހަކު -/11620 ރުފިޔާ، (އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ)

މަޤާމުގެ އެލަވަންސް:

މަހަކު -/5420 ރުފިޔާ، (ފަސްހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/145 ރުފިޔާ، (ސަތޭކަ ސާޅިސް ފަސް ރުފިޔާ)
  1. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސޯޝަލް މީޑިޔާ އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ސޯޝަލް މީޑިޔާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އާއްމުފަރާތްތަކުން ކުރާ ސުވާލުތަކަށް އިދާރާގެ ކަމާއިބެހޭ ސެކްޝަންތަކުގެ ލަފާޔާ އެއްގޮތަށް ޖަވާބުދިނުން
  3. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މެންޑޭޓްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މާސްމީޑިޔާ އަދި ސޯޝަލްމީޑިޔާގައި ފެތުރޭ ސައްހަނޫން މައުލޫމާތު ދެނެގަނެ އެކަމާއި ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުން.
  4. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މެންޑޭޓް އަދި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެފަހުގެ މައުލޫމާތު މީޑިޔާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ ގޮތުމް ތައްޔާރުކުރަންޖެހޭ ކޮންޓެންޓް ތައްޔާރުކުރުން.
  5. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މެންޑޭޓް އަދި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު މީޑިޔާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުން.
  6. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހައުސްގެ ޚިދުމަތްތަކާއި މަސައްތައްތަކާއި ގުޅޭ ރިޕޯޓްތައް މިޑިޔާއަށް ހިއްސާކުރުން.
  7. ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްލޯޑު ކުރުމާއި ބެލެހެއްޓުން އަދި ޖެހޭ މައްސަލަތައް ޙައްލު ކުރުން.
  8. ސޯޝަލް މީޑިޔާގައްޔާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓްގައި އާއްމުކުރާ މައުލޫމާތާއި ޕޯސްޓްތައް ދިވެހި ބަހާއި އިނގިރޭސި ބަހުގެ ގަވާއިދާއި ހަމަތަކާ އެއްގޮތަށް ލިޔެ އަޕްލޯޑް ކުރުން.
  9. ސޯޝަލް މީޑިއާގެ ޕޯސްޓް ތަކަށް އަންނަ ކޮމެންޓްތަކަށް ޖަވާބުދާރީ ވުމުގައި ޒަކާތު ހައުސްގެ ގަވާއިދުތަކާ އުސޫލުތަކުގެ ތެރެއިން ޖަވާބުދާރީ ވުން.
  10. އާ ޚިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ޒަކާތު ހައުސްގެ ސޯޝަލް މީޑިއާގެ ހުރިހާ މަންސަ ތަކުގެ ލޭއަޓް ހެދުން.
  11. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި އަދި ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
  12. އިދާރާއިން ހިންގާ ޚާއްސަ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން

ނުވަތަ؛

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8  ގެ ޑިގްރީ އެއް ނުވަތަ ބެޗިލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެނިމޭޝަން 
  2. އެނިމޭޝަން ޑިޒައިން 
  3. އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން 
  4. ބްރޯޑްކާސްޓް އެންޑް ޑިޖިޓަލް ޖަރނަލިޒަމް 
  5. ބްރޯޑްކާސްޓް ޖަރނަލިޒަމް 
  6. ކޮމިއުނިކޭޝަން 
  7. ކޮމިއުނިކޭޝަން ޑިޒައިން 
  8. ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން 
  9. ޑިޒައިން 
  10. ޑިޒައިން އެންްޑް އެޑްވަޓައިޒިންގ 
  11. ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން 
  12. ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަންސް 
  13. ޑިޖިޓަލް ޑިޒައިން 
  14. ޑިޖިޓަލް ޖަރނަލިޒަމް 
  15. ޑިޖިޓަލް މާކެޓިންގ 
  16. ޑިޖިޓަލް މީޑިއާ ޑިޒައިން 
  17. އިމަރޖިންގ މީޑިއާ 
  18. ފައިނޭންޝަލް ޖަރނަލިޒަމް 
  19. އިލުސްޓްރޭޝަން 
  20. އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން 
  21. އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް 
  22. އިންވެސްޓިގޭޓިވް ޖަރނަލިޒަމް 
  23. ޖާނަލިޒަމް 
  24. ޖަރނަލިޒަމް އެންޑް ކޮމިއުނިކޭޝަން 
  25. ޖަރނަލިޒަމް އެންޑް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްސް 
  26. ޖަރނަލިޒަމް އެންޑް މީޑިއާ ސްޓަޑީޒް 
  27. މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ 
  28. މީޑިއާ ކޮމިއުނިކޭޝަން 
  29. މީޑިއާ ޑިޒައިން 
  30. މީޑިއާ ސްޓަޑީޒް 
  31. މަލްޓިމީޑިއަރ ޑިޒައިން 
  32. މަލްޓިމީޑިއާ ޖަރނަލިޒަމް 
  33. މަލްޓިމީޑިއަރ ޕަބްލިކް ރިލޭޝަންސް 
  34. މަލްޓިމީޑިއަރ ޓެކްނޮޮލޮޖީ 
  35. ޕޮލިޓިކަލް ކޮމިއުނިކޭޝަންސް 
  36. ޕްރިންޓް ޖަރނަލިޒަމް 
  37. ޕަބްލިކް ރިލޭޝަންސް 
  38. ޓީ.ވީ އެންޑް ރޭޑިއޯ ޖަރނަލިޒަމް 
  39. ޓެލެވިޒަން ޖަރނަލިޒަމް 
  40. ވިޜުއަލް އާރޓްސް 
  41. ވިޝުއަލް ކޮމިއުނިކޭޝަންސް 
  42. ވިޝުއަލް ޑިޒައިން 
  43. ވިޝުއަލް އިފެކްޓްސް 

ގުޅޭ ވަޒީފާގެ ދާއިރާ:

  1. ޕަބްލިކް ރިލޭޝަންސް
  2. ކޮމިއުނިކޭޝަންސް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޫބަރ 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 ނޮވެމްބަރ 1 އާއި 2026 ނޮވެމްބަރ 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

18 އޮކްޓޫބަރު 2026
ހޯދާ