ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅި ގުޅުމުގެ މަސައްކަތް
މިކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓަށް ޕަބްލިކް ފެންހޮޅި ގުޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓްގެ ނަންބަރ: 620-A/2026/07 (8 އޮކްޓޯބަރ 2026) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް، އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އެފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވ. ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ.
އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން [email protected] އަށެވެ.
ބީލަން ހުށަހަޅާނީ 25 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމު ހިމެނޭގޮތުން، މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި ، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
