މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ސާފުކުރުމާއި ބެހޭ

         ރަށުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ މަގުމަތިތަށް ވިނަ ނޮޅައި ސާފުކުރުމަށާއި މަގުމައްޗަށް ވާގޮތަށް ހުރި ގަސްތަކުގެ ގޮފިތައް ހިނގާމީހުންނަށާއި ދުއްވާތަކެއްޗަށާއި، މަގު ބައްތިތަކަށް އުނދަގޫނުވާނެ ވަރަށް 15 ފޫޓަށް ކޮށައި، 2026 ނޮވެންބަރު 03 ވަނަދުވަހުގެ ކުރިން މަގުމަތި ސާފުކުރުމަށް ދަންނަވަމެވެ. އަދި ޤަވައިދުން މިތަންތަން ސާފުކޮށް ބެލެހެއްޓުމަށް ހަނދުމަކޮށް އަރުވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ލޮބުވެތި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ.

          ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.            

              07 ޖުމާދުލްއޫލާ 1448

18 އޮކްޓޫބަރު 2026
ހޯދާ