ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ދެ ސަރަހައްދުގައި ހުރި ރުއްގަސް ނެގުމަށް ބޭނުންވާތީ، އެ ރުއްގަހުގެ އިދާރީ ބަދަލު ހަމަޖެއްސުމަށްޓަކައި، އެރުއްގުހުގައި " އޮރެންޖު " ކުލައިން ނަންބަރު ޖަހާފައިވާނެއެވެ.
* ސަރަހައްދު:
1- މޫނިމާމަގު (މޫނިމާމަގުގެ އިރުމަތީކޮޅުން އަކިރޭރޭ ފުޓްސަލް ގްރައުންޑްގެ އުތުރުފަރާތުން – އުސްގަނޑުމަގުން ފެށިގެން ގޮނޑުދޮށަށް 1 ން 15 އަށް ނަންބަރު ޖަހާފައިވާ ރުއްގަސް)
2- ސްލިޕްވޭއާއި ދިމާލުން މެރިންޑްރައިވްމަގުގެ ދެކުނުފަރާތު ރުއްގަނޑުން ( 1 ން 23 އަށް ނަންބަރު ޖަހާފައިވާ ރުއްގަސް)
* އިތުރު މަޢުލޫމާތު:
- މިދެންނެވި ދެސަރަޙައްދުގައި އެއްވެސްފަރާތެއްގެ ރުއްގަސް ހުރިނަމަ، މިރުއްގަހުގެ ވެރިން 2026 އޮކްޓޯބަރ 29 ވަނަ ދުވަހުގެ 14:00ގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭނޭހެން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
- މިރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ، މިއިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހަށާއި މިއިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަހަށާއި މިއިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ މިއިދާރާގެ ރެކޯޑުތަކުން ފެންނަންހުރި ރުއްގަހަށެވެ. މިނޫން ރުއްގަހަށް ބަދަލެއް ނުލިބޭނެއެވެ.
- މިސަރަހައްދުގައި އެކިފަރާތްތަކުން އިންދާފައިވާ ރުއްގަހާއި، ބަހައްޓާފައިވާ އެހެންތަކެތި، އެތަކެތީގެ ވެރިން، މަތީގައި ބަޔާންކޮށްފައިވާ ތާރީހަށް އެސަރަހައްދުން ނަގައި، ތަންހުސްކުރުމަށް އަންގަމެވެ.
- މިތާރީޚްގެ ފަހު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއިދާރާއިން ކުރާނެވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ.
- މި ތާރިޚްގެ ފަހުން ސަރަހައްދު ސާފުކުރަމުންދާއިރު، ސަރަހައްދުގައި ހުންނަ ތަކެއްޗަށް ލިބޭ ގެއްލުމަށް މިއިދާރާއިން ޒިންމާނުވާނޭ ވާހަކަވެސް ދަންނަވަން،
- މި އިޢުލާނާއެކު ސަރަހައްދު އެންގޭނޭ ޗާޓް އެއްކަރުދާސް ކުރެވިފައިވާނެ. ( ޗާޓްގައި އޮރެންޖް ކުލައިން ފާހަގަކޮށްފައި)
