ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)413/413/2026/53
ނޭޗާޕާކް ސަރަޙައްދުގައިވާ ރުއްތަކާއި ބެހޭ:
ރަށުގެ ނޭޗާޕާކެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިމުގައި ވެރިފަރާތެއް ނޭނގޭ ބައެއް ރުއްތަކެއް އެބަހުއްޓެވެ. ނޭޗާޕާކް ތަރައްގީކުރުމުގެ މަސައްކަތުގައި، ރުއްތައް ކަނޑާލުމަށް ބޭނުންވެއްޖެ ހިނދެއްގައި، މިރުއްތަށް ކަނޑާލެވޭނެތީ، މިރުއްތަކުގެ ވެރިފަރާތެއް ވާނަމަ 20 އޮކްޓޯބަރ 2026 ވާ އަންގާރަދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިއިދާރާއަށް އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވާނަމަ، ބަންޑާރަ ރުއްތަކެއް ކަމަށްބަލައި އެރުއްތަށް ނައްތާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.
18 އޮކްޓޫބަރ 2026
