ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގެ މި ދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 666-A/2026/36އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- 1. މިކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރުތައް ޖެހުން
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށް ރަޖިސްޓްރީ ވުމަށްފަހު، 25 އޮކްޓޫބަރ 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކޯޓަށް ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރުން
ރަޖިސްޓްރީ ވުމަށް ހުށަހަޅާއިރު ތިރީގައި ދެންނެވިފައި އެވާ މަޢުލޫމާތު އީމެއިލްގައި ހިމަނަން ވާނެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކޯޓުން ފޮނުވާނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން ކޯޓަށް ދީފައިވާ މެއިލްއަށް މި މަސައްކަތާއި ގުޅޭ އެންމެހާ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ. ރަޖިސްޓްރީ ވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނި/އިންވެސްޓްމަންޓުގެ ނަން
- ގުޅޭނެ ފަރާތުގެ ނަން
- ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
މި މަސައްކަތާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 7858817 ނަންބަރަށް ގުޅުއްވުން އެދެމެވެ.
18 އޮކްޓޫބަރ 2026
