މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ ފަރާތުން ކުނިނެގުމުގެ ޚިދުމަތް ދޭން ފެށުމާއި ގުޅޭ

ކައުންސިލުގެ ފަރާތުން މިހާރު އާއްމުކުރެވިފައިވާ ނަންބަރ: (PP)317-PP/317/2026/3   " ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު " ގެ ދަށުން ކުނިނެގުމުގެ ޚިދުމަތް 2026 ނޮވެންބަރ މަހުގެ ތެރޭގައި ފެށުމަށް ކައުންސިލުން މިދަނީ މަސައްކަތްކުރަމުންނެވެ. މިޚިދުމަތް ފެށުމުން ޚިދުމަތުގައި ބައިވެރިވެފައިވާ ތަންތަނުން ނެޕީއާއި ބަދިގެ ޑަސްބިން ހަފުތާއަކު 7 ދުވަހު ނެގޭނެއެވެ. އަދި ހަފުތާއަކު 3 ދުވަހު ހުރިހާ ބާވަތެއްގެ ކުނި ނެގޭނެއެވެ.

                  ވީމާ ދެންނެވިފައިވާ އުސޫލުގެ ދަށުން ކުނި ނެގުމުގެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކުން  މިއަދުން ފެށިގެން 28 އޮކްޓޯބަރ 2026 ވާ  ބުދަދުވަހުގެ 14:00 ގެ ކުރިން " ކުނި ނަގައިދިނުމުގެ ޚިދުމަތަށް އެދޭފޯމް  މެދުވެރިކޮށް ޚިދުމަތުގައި ރަޖިސްޓްރީވުމުގެ ކަންކަން ނިންމެވުން އެދެމެވެ. ޚިދުމަތަށް އެދޭ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ފޯމްލިބެން ހުންނާނެއެވެ.

 

ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޚިދުމަތުގެ ތެރެއިން ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުން ފީ ނެގޭނެ ގޮތުގެ ތަފްސީލާއި  މި އުޞޫލުގެ ދަށުން މަހުން މަހަށް ނެގޭ ފީގެ އިތުރުން ޚިދުމަތް ލިބިގަންނަ ފަހަރަކަށް ވަކިން ފީނަގާނެ ގޮތުގެ ތަފްސީލް

 

#

ނަން

ފީގެ އަދަދު

1

މީހުން ދިރި އުޅޭ ގޭބިސީތަކުން ނެގޭ ފީ (މަހަކަށް)

150.00

2

ފަޅު ގޯތިތަކާއި މީހުން ދިރިއުޅެން ނުފަށާ ގޯތިތަކުން ނެގޭފީ (މަހަކަށް)

50.00

3

ކުންފުނި/ފިހާރަތަކުން ނެގޭ ފީ (މަހަކަށް)

200.00

4

ކެފޭ / ރެސްޓޯރެންޓްތަކުން ނެގޭ ފީ (މަހަކަށް)

300.00

5

ވޯކް ޝޮޕްތަކުން ނެގޭ ފީ (މަހަކަށް)

250.00

6

ގެސްޓްހައުސްތަކުން ނެގޭ ފީ ކޮންމެ ކޮޓަރިއަކަށް (މަހަކަށް)

100.00

7

ކްލިނިކް އަދި ފާމަސީން ނެގޭ ފީ (މަހަކަށް)

250.00

8

ވަޑާންގެ / ކާޕެންޓްރީތަކުން ނެގޭ ފީ (މަހަކަށް)

200.00

9

ޚާއްޞަ ހަފުލާތަކާއި ޕާޓީތަކުން ކުނި އުކާލުމުގެ ފީ ( ފަހަރަކަށް )

150.00

10

ސަރުކާރުގެ ކޮންމެ އިދާރާއަކުން ( މަހަކަށް )

1000.00

11

މުވާސަލާތީ ޚިދުމަތްދޭ ތަންތަނުން ނެގޭ ފީ (މަހަކަށް)

1000.00

12

ސްޕޯރޓްސް އެރީނާއިން ނެގޭ ފީ (މަހަކަށް)

1000.00

13

ކުލަބް ޖަމުއިއްޔާތަކުން ނެގޭ ފީ (މަހަކަށް)

150.00

14

ކުނީގެ ޚިދުމަތުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ގޯތިގެދޮރުގައި ޚާއްސަ ހާލަތަކާއި ގުޅިގެން އުފެދޭ ކުނި ކައުންސިލްގެ ވެހިކަލްގައި އުކާލާނަމަ ދަތުރަކަށް

100.00

 

  • މި ނިޒާމުގައި ބައިވެރިނުވާ ފަރާތްތަކުން ކުނިކޮށްޓަށް ކުނިއެޅުމަށް ނެގޭ ފީގެ ތަފްސީލު

 

1-      އަމިއްލައަށް ކުނިއުކާލަން ވެހިކަލަކާ ނުލާ ކުނިކޮށްޓަށް ވަންނަ ކޮންމެ ފަހަރަކަށް -/20 (ވިހި) ރުފިޔާ

2-      ވީލްބަރޯ -/30 (ތިރީސް ރުފިޔާ)

3-      ގާޑިޔާ / ރަށުޕިކަޕް -/50 (ސަތޭކަ ރުފިޔާ)

4-      ޕިކަޕް -/75 (ހަތްދިހަ ފަސް ރުފިޔާ)

 

  • ރަށުގައި ހިންގާ ޕްރޮޖެކްޓް ތަކުން އުފެދޭ ކުނި ކުނިކޮށްޓަށް ގެންދަންވާނީ އެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރާ ފަރާތުންނެވެ. އަދި މިގޮތަށް ކުނިކޮށްޓަށް ގެންދާ ކުނިން ފީނެގުމަށް ހަމަޖެހިފައިވާނީ ތިރީގައި މިވާގޮތަށެވެ.
  1. ވެހިކަލަކާ ނުލާ ވަންނަ ކޮންމެ ފަހަރަކަށް -/40 (ސާޅިސް) ރުފިޔާ
  2. ވީލްބަރޯ -/60 (ފަސްދޮޅަސް ރުފިޔާ)
  3. ގާޑިޔާ / ރަށުޕިކަޕް -/100 (ސަތޭކަ ރުފިޔާ)
  4. ޕިކަޕް -/150 (ސަތޭކަ ފަންސާސް ރުފިޔާ)

                 މިޚިދުމަތް ކައުންސިލުން ފޯރުކޮށްދޭން ފެށުމަށް ފަހު މިޚިދުމަތުގައި ރަޖިސްޓްރީ ނުވެ އަމިއްލަ އަށް ކުނިކޮށްޓަށް ކުނިގެންދަވާ ފަރާތްތަކުގެ ކުނި ކުނިކޮށްޓަށް ބަލައިގަތުމަށްޓަކައި ކުނިކޮށި ހުޅުވާނީ ކައުންސިލުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ދުވާލަކު 1 ގަޑިއިރަށެވެ.

                      މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2026
ހޯދާ