ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކްތަބުންނޫރު ޕްރީސްކޫލް ހިންގުން އައުޓްސޯސް ކުރުމާއި ގުޅޭ

މަކްތަބުންނޫރު ޕްރީސްކޫލް ހިންގައިދޭނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)268/2026/31 (19 އޮގަސްޓް 2026) އިޢުލާން ބާތިލުކޮށް އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 26 އޮކްޓޯބަރު 2026 ވާ ހޯމަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 29 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:15އަށް މިއިދާރާއަށް ދުރުވެ ޕުރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކުގެ އިތުރުން، ޤާނޫނުނަންބަރު 2022/3 ޖަމްޢިއްޔާތަކުގެ ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކައި އެސޯސިއޭސަން ތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވޭ ކުޅިވަރު ކްލަބް ތަކަށެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520715 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެއިލް ކުރެއްވުމުން ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 އޮކްޓޫބަރު 2026
ހޯދާ