ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީގެ ފައިސާ ދެއްކުމުގެ ޚިދުމަތް ފަހިޕޭ ނިޒާމަށް ބަދަލުކުރުމާއި އަލުން ރަޖިސްޓްރީވުމާ ގުޅޭ:

އިޢުލާން

 

ކުނީގެ ފައިސާ ދެއްކުމުގެ ޚިދުމަތް ފަހިޕޭ ނިޒާމަށް ބަދަލުކުރުމާއި އަލުން ރަޖިސްޓްރީވުމާ ގުޅޭ:

 

މި އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުނީގެ ޚިދުމަތްތައް ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ފައިސާ ދައްކުން އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ނިޒާމަކުން ފޯރުކޮށްދިނުމުގެ ގޮތުން، ކުނީގެ ޚިދުމަތުގެ އެންމެހައި ކަންކަން 'ފަހިޕޭ' (FahiPay)  ޕްލެޓްފޯމަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ބަދަލާ ގުޅިގެން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކުރުމަށްޓަކައި އަލުން ރަޖިސްޓްރީވުމުގެ ފުރުޞަތު 18 އޮކްޓޫބަރު 2026 އިން ފެށިގެން 15 ޑިސެމްބަރު 2026 ގެ ނިޔަލަށް ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. މި ބަދަލު ގެނައި ކަމުގައި ވިޔަސް، މީގެ ކުރިން މި އިދާރާއަށް ދައްކަންޖެހި ނުދައްކައި ހުރި އެއްވެސް ފީއެއް ނުވަތަ ފައިސާގެ ޢަދަދަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ވީމާ، މި މުއްދަތުގެ ތެރޭގައި ކުނީގެ ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން ރީ-ރަޖިސްޓްރީވުމުގެ ކަންކަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ކުނީގެ ޚިދުމަތް ފޯރުކޮށްނުދެވޭނެ ވާހަކަ ދަންނަވަމެވެ.

ރަޖިސްޓްރީވުމަށް ފޯމު ފުރުމުގައި ދަތިވާ ފަރާތްތަކަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.

ރީ-ރަޖިސްޓްރީ ފޯމުގެ ލިންކް: https://forms.cloud.microsoft/r/UJmKKct0Wj?origin=lprLink

18 އޮކްޓޫބަރު 2026
ހޯދާ