ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރ 572-A/2026/16 އިޢުލާނާ ގުޅިގެން 11 އޮކްޓޯބަރ 2026 ވަނަދުވަހު ބޭއްވުނު ނީލަންކިއުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކޯޓަށް ޙާޞިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 ގަޑިއިރު ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޭ bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 6580354 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
