މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
މި މިނިސްޓްރީގެ ޚިދުމަތް އައި.އެސް.އޯ 9001 (ISO 9001) މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށްޓަކައި ކޮންސަލްޓަންސީ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:https://forms.gle/bLBiPTfgKec3trW26
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 05 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 09:30 ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
15 އޮކްޓޫބަރު 2026
ހޯދާ
