ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/209

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.      

 

މަޤާމް:

ސެލްސް އެސިސްޓަންޓް (ޅ. ފެލިވަރު)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-        ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.

-        ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން.

-         ޓޭންކުތަކުގައި ވާ ތެލުގެ  މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި  އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން

-        އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން.

-        ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން.

-        ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.

-        ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-        ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މުސާރަ:

-        11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް، ޅ. ފެލިވަރު

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން20  އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers  އިން އެޕްލައި ކުރެއްވުން އެދެމެވެ. އަދި މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ ވަގުތުން ނުކުމެވޭ ފަރާތް ތަކަކަށް ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

15.10.2026

 

15 އޮކްޓޫބަރު 2026
ހޯދާ