މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑޮމެސްޓިކް އެސިސްޓެންޓް - ހިއުމަން ރިސޯސަސް، ބިޒްނަސް ސަޕޯޓް ސާވިސަސް /ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

  ޑޮމެސްޓިކް އެސިސްޓެންޓް

ބޭނުންވާ ޢަދަދު

 03

ވަަޒީފާގެ ބާވަތް

 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަން ރިސޯސަސް، ބިޒްނަސް ސަޕޯޓް ސާވިސަސް ޑިޕާރޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 -އަސާސީ މުސާރަ: 2700.00 ރުފިޔާ

-  ސާރވިސް އެލަވަންސް:1620.00 ރުފިޔާ 

- މިނިމަމްވޭޖް އެލަވަންސް:3699.00 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

- އަދި އިތުރު ގަޑީގައި ނުވަތަ ބަންދުދުވަހެއްގައި މަސައްކަތް ކޮއްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

- ގްރޭޑް 7 ނިންމާފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާގައި އުޅެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

- ޙަވާލުކުރެވިފައިވާ ސަރަޙައްދުތަކުގައި (އޮފީސް، މުވައްޒަފުންގެ ކޮޓަރިތައް، ފާޚާނާތައް) ސާފުކުރުމުގެ މަސައްކަތްތައް ކުރުން

- ކުންފުނީގެ ސިޔާސަތާ އެއްގޮތަށް ސާފުތާހިރުކަމާއި ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުން.

- ބޭނުންވެއްޖެ ހިނދެއްގައި ދޮވުމާއި އިސްތިރިކުރުމާއި އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން އަދި ސާފުކުރުމަށް ބޭނުންކުރާ ތަކެތި ސްޓޮކްމަދުވާހިނދު އެކަން ރިޕޯޓުކުރުން.

- ސާފުކުރުމަށް ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ގެންގުޅުން.

- ކުނި ރަނގަޅު ގޮތުގައި ނައްތާލައި، ވަށައިގެންވާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

- ދިރިއުޅޭ އަދި މަސައްކަތްކުރާ ތަންތަން ބެލެހެއްޓުމުގައި އެހީތެރިވުން
ދުވަހުން ދުވަހަށް ކަނޑައެޅިފައިވާ ތާވަލުތަކާއި ސުޕަވައިޒަރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން

 

އިންޓަރވިއުކުރުން:

-  އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

-  ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

-  ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ  20 އޮކްޓޯބަރ 2026  ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

 

-  ނޯޓް:މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެ.

  

15 އޮކްޓޫބަރު 2026
ހޯދާ