ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ.ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން
ހދ.ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށާއި ޑިޒައިނަރުންނަށާއި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް އަދި ސްޓޫޑިއޯތަކަށް ހުޅުވާލަމެވެ. ލޯގޯ ފަރުމާކުރުމަށް ބައިވެރިވެ، ނައިވާދޫ ކައުންސިލަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަޖިސްޓްރީވުމާއި ލޯގޯ ހުށަހެޅުން
- ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 2026 އޮކްޓޯބަރ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާންވާނެއެވެ.
- ފަރުމާކޮށްފައިވާ ލޯގޯ 10 ނޮވެމްބަރު 2026 ވަނަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށައަޅަންވާނެއެވެ.
- ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 1 ލޯގޯއެވެ.
ރަޖިސްޓްރޭޝަން ފޯމް އަދި ލޯގޯ ސަބްމިޝަން ލިންކް: https://logo.naivaadhoo.gov.mv/
ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ދެވޭ އިރުޝާދު މި އިއުލާނާއެކު އެވަނީއެވެ.
15 އޮކްޓޫބަރު 2026
ހޯދާ
