ދިވެހިރާއްޖެ
އިޢުލާން
މަރަދޫ އަވަށުއޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ
މަރަދޫ އަވަށު އޮފީހުގައި ހުރި ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)426/426/2026/241 އަދި (IUL)426/426/2026/318 އިޢުލާނާ ގުޅިގެން، ބައެއް ތަކެތި ނުވިކި ހުރުމުން އެ ތަކެތި ތިންވަނަ ފަހަރަށް އަގު ދަށްކޮށް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި އަގުތަކުގެ ތަފުޞީލު ތިރީގައި މި ދަންނަވަނީއެވެ.
|
# |
ތަފްސީލް |
އަދަދު |
|
1 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
2 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
3 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
4 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
5 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
6 |
އޮފީސް ގޮނޑި ( ހައިބެކް ) |
1 |
|
7 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
8 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
9 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
10 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
11 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
12 |
އޮފީސް ގޮނޑި ( ލޯބެކް ) |
1 |
|
14 |
ޕްރިންޓަރ ،ބްރަދަރ DCP-L2550DW |
1 |
|
15 |
ޕްރިންޓަރ ،ބްރަދަރ HL-22 |
1 |
|
16 |
ސީ.ޕީ.ޔޫ ( ސަމްސަންގް ) |
1 |
|
17 |
ސީ.ޕީ.ޔޫ (ޑެލް ) |
1 |
|
18 |
މޮނިޓަރ،އޭސަރ |
3 |
|
19 |
ފޯނު ހުދުކުލަ ( މޭޒުމަތީބަހައްޓާވައްތަރުގެ ) |
2 |
|
20 |
ފޮޓޯކޮޕީ މެޝިން ،ކެނޮން Image runner 2422L |
1 |
|
21 |
އެއަރކޮންޑިޝަން، އިންޑޯ އައްޓްޑޯ ޔުނިޓާއެކު( ހިޓާޗީ) |
3 |
|
22 |
ޕޭޕަރ ޝްރެޑަރ |
1 |
|
23 |
ކީބޯޑް- ލޮޖިކް |
1 |
މި ނީލަން ކިޔުން އޮންނާނީ 2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި، މަރަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، 2026 އޮކްޓޫބަރު 18 އިން 19 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 13:00 އަށް މަރަދޫ އަވަށު އޮފީހަށް ވަޑައިގަތުމުން އެ ތަކެތި ބެއްލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިއަށް ގެންދެވޭނީ މަދުވެގެން 3 (ތިނެއް) ބައިވެރިން ހާޒިރުވެ ތިބެގެންނެވެ. އަދި ނީލަމުން ތަކެތި ކާމިޔާބުކުރައްވާ ފަރާތްތަކުން، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު އެ ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް، 2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މަރަދޫ އަވަށު އޮފީހަށް ވަޑައިގެން ނީލަމުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
04 ޖުމާދުލް އޫލާ 1448
15 އޮކްޓޯބަރ 2026
