ދިވެހިރާއްޖެ
އިޢުލާން
"ޔޫތު ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:
ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އިތުރުކޮށް، ޒުވާނުންނަށް ޚާއްޞަ މާޙައުލެއް ބިނާ ކުރުމަށްޓަކައި ޒުވާނުންގެ އަމަލީ ބައިވެރިވުން ހިމެނުމުގެ މަޤްޞަދުގައި "ޔޫތު ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޔޫތު ހަބް ކެފޭއަށް ޢަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ޒުވާނުންނާއިގުޅޭ ތަފާތު ކޮންސެޕްޓެއް ހުށަހެޅުމަށް ޒުވާނުންނަށް ހުޅުވާލެވޭ ރަނުގެ ފުރުޞަތެކެވެ.
މުބާރާތުގެ ތަފްޞީލް:
- ބައިވެރިވެވޭ އުމުރުފުރާ: 18 އަހަރާއި 25 އަހަރާ ދެމެދު
ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ބަލާނެ މައިގަނޑު ސިފަތައް:
- ޒުވާނުންނާ ރައްޓެހި އަދި ޝައުޤުވެރިވާ ފަދަ ވެއްޓެއް ކަމުގައިވުން.
- އައު ކަންތައްތަކާއި އުފެއްދުންތެރި ޚިޔާލުތައް އެކުލެވުން.
- އިމާރާތްކުރުމުގައި ޢަމަލީގޮތުން ބޭނުންކުރެވޭނެ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކުރުން.
- ހިތްފަސޭހަ އިޖުތިމާޢީ މާޙައުލެއް:
- ކިޔެވުމާއި މަސައްކަތް ކުރެވޭނެ ޖާގަ (Study & Work area)
- ކުޅިވަރުތައް އަދި ޒުވާނުންނަށް ޚާއްޞަ ތަފާތު ޙަރަކާތްތައް
ބްރޭންޑިންގ އަދި ނަން ހުށަހެޅުން:
- ކެންޓީނަށް ކިޔާނެ ނަން
- ލޯގޯ ގެ ކޮންސެޕްޓް އަދި ބޭނުންކުރާނެ ކުލަތައް (Color Palette)
- ޝިޢާރު (Tagline)
- އެތެރެ ފަރުމާކުރާނެ ގޮތް (Interior Design Concept)
- މުވައްޒަފުންގެ ޔުނީފޯމް ކޮންސެޕްޓް
- މެނޫ ފަރުމާ ކުރުން (Menu Design)
(ނޯޓް: ޔޫތު ކެފޭ ތަރައްޤީ ކުރެވިގެންދާނީ މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތުން ފަރުމާކޮށްފައިވާ ކެފޭގެ ނަމާއި، ލޯގޯ އަދި ޑިޒައިނާ އެއްގޮތަށެވެ.)
މުބާރާތުގެ އިނާމުތައް:
- 1 ވަނަ ވަނަ: /-30,000ރ (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމު.
- 2 ވަނަ ވަނަ: /-10,000ރ (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމު.
- 3 ވަނަ ވަނަ: /-5000ރ (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމު.
މަޢުލޫމާތު ދިނުމުގެ ސެޝަން:
މި މުބާރާތައް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށް ބޭއްވޭ މައުލޫމާތު ސެޝަން އެއް 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ޔޫތު ހަބް (ލިލީމަގު) ގައި އޮންނާނެއެވެ.
އަދި މި މުބާރާތައް ޑިޒައިން ސަބްމިޓް ކުރުމުގެ ފުރުސަތު ލިބިގެންދާނީ މި މައުލޫމާތު ސެޝަނަށް ވަޑައިގެން ނަން ނޯޓް ކުރައްވާ ބޭފުޅުންނަށް ކަމުގައި ދަންނަވަމެވެ. ޑިޒައިން ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް އަދި އެހެނިހެން މައުލޫމާތު މިސެޝަންގައި ފޯރުކޮށްދެވޭނެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ހުރިހާ ޒުވާނުން، މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 4000525 (ޔޫތު ހަބް) އާއި ގުޅުއްވުން އެދެމެވެ.
