ދިވެހިރާއްޖެ
މިރަށު ކާޑުގޭގައި 1 ކޮޓަރި އެޕާޓްމަންޓެއް ހެދުމަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މި އިދާރާއިން ދޭ މަޢުލޫމާތާއެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓަށް ބައެއް އިސްލާހު މިހާރުވަނީ ގެނެވިފައެވެ. މިދެންނެވި އިސްލާހުތައް ހިމެނޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން އިތުރަށް ބޭނުންވާ ތަކެތި އަމިއްލައަށް ހޯދައިގެން މަސައްކަތް ކޮށްދެއްވަން ގަސްދުކުރައްވާ ފަރާތްތަކުން، މަސައްކަތު އަގުހުށަހަޅުއްވާ ފޯމް ފުރުއްވުމަށްފަހު ހުށަހަޅާންޖެހޭ ލިޔެކިޔުންތަކާއެކު، 20 އޮކްޓޯބަރ 2026 (އަންގާރަ) ދުވަހު 11:00 އަށް މިކައުންސިލަށް އަގު ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
