ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް ތަމްރީން ޕްރޮގްރާމް
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި އަދި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީނުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected]) 24 ނޮވެމްބަރ 2026 ގެ 12:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.
- ތަމްރީންގެ ނަން: ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް
- ތަން: ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް
- މުއްދަތު: 25 ނޮވެމްބަރ 2026 އިން 10 ޑިސެމްބަރ 2026 އަށް
- ވަގުތު: 08:30 އިން 14:00 އަށް
- ޖާގަ: 20
މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3007209 އަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
15 އޮކްޓޫބަރު 2026
ހޯދާ
