ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލް އާދަމް ޚާލިދު (ފޯން: 3345455، އީމެއިލް: [email protected]) އަށެވެ.
|
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ |
|
|
ކޯސް |
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް
|
|
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ
އިންޖިނިއަރިންގ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.
|
|
|
މުއްދަތު: |
ފުލްޓައިމް 3-4 އަހަރު ޕާރޓްޓައިމް 6-8 އަހަރު |
|
ކޯހުގެ ފީ: |
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް ސިމެސްޓަރ އަކަށް 17،940.00 (ސަތާރަހާސް ނުވަސަތޭކަ ސާޅީސް) ރުފިޔާ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ ސިމެސްޓަރ އަކަށް 24،960.00 (ސައްވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާ |
|
ކޯހަށް ވަނުމުގެ ޝަރުޠު |
|
|
އިނގިރޭސި ބަހުގެ ފެންވަރު |
IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. |
އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ (ގްރޭޑިން ކްރައިޓީރިއާ ހުށަހަނާޅާނަމަ އެޕްލިކޭޝަން ފޯމު އިވެލުއޭޓް ކުރާއިރު ބަލާނީ މި ޔުނިވަރސިޓީގެ ގްރޭޑިން ކްރައިޓީރިއާ އަށެވެ.)
- ސްޓޭޓްމަންޓް އޮފް އިންޓެންޓް
- ހުށަހަޅާ ފަރާތުގެ ވަނަވަރު
- އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން (ކޮންފަރެންސް ޕޭޕަރސް، ޕަބްލިކޭޝަންސް، ރިސާޗް ޕްރޮޖެކްޓްސް، ...)
ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.
އިތުރު މަޢުލޫމާތު
- ސްޓޭޓްމަންޓް އޮފް އިންޓެންޓް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
Statement of Intent Information of PhD_English.pdf
- މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ސްޓޭޓްމަންޓް އޮފް އިންޓެންޓްގެ ފެންވަރަށެވެ.
- ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ އަދި ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައި ނުވާނަނަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.
