މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހިއްކި ބިމުން 4 ގޯތި ވިއްކުން

އިޢުލާން

 

ކ.ހިންމަފުށީގައި އަލަށް ހިއްކުނު ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ

           މިރަށު ހިއްކި ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތަށް ޗާރޓްގައި ފާހަގަ ކުރެވިފައިވާ 2770 އަކަފޫޓުގެ 4 ގޯތި ވިއްކުމަށް 3 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިބިންތައް ގަތުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި ނުވަތަ މިއިދާރާއަށް ދުރުވެ 18 އޮކްޓޯބަރ 2026 ވަނަ ދުވަހުން ފެށިގެން 27 އޮކްޓޯބަރ 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް  ނޯންނާނެއެވެ.

           މި 4 ގޯތި ވިއްކުމަށް ފެށޭ އަގަކީ އަކަފޫޓަކަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ)އެވެ. އަދި ގަންނަން ހުށަހަޅާ އަގު އަދާކުރުމުގައި ބަހާލައިގެން ދެއްކުމުގެ ފުރުޞަތުވެސް މިފަހަރު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިން ގަތުމަށް އެދޭ ބިޑު ފޯމް ވިއްކުން

(ބިން ގަތުމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 10000.00 ރުފިޔާއަށް )

18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 27 އޮކްޓޯބަރ 2026 ވާ އަންގާރަ 

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން 

29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި

މެންދުރު 11:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

08 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހު

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ލިންކް: https://forms.gle/FPCMhECo3csyAE54A

       ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

15 އޮކްޓޫބަރު 2026
ހޯދާ