ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ- ލ. ގަމު ރީޖަނަލްހޮސްޕިޓަލް

އިޢުލާނު

 

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ  އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރގެ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރި ވެލައްވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް  މުވައްޒަފުންނެވެ.

މަޤާމު:

އެސިސްޓެންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-465109,  J-466569,  J-465110

ބޭނުންވާ އަދަދު:

03 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް- 4، ސްޓެޕް-1

ސެކްޝަން/ ޔުނީޓް

ފެސިލިޓޭޓިވް ސަރވިސް ޔުނިޓް/ޕަބްލިކް ރިލޭޝަން ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

މަހަކު -/8890 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު -/2670 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/ 70 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިއުމުގައާއި އަދި މިފަދަ އެހެނިހެންކަންކަމުގައި ޑޮކްޓަރާ އެހީތެރިވުން.
  2. ބަލިމީހުންގެ އިޙްސާސްތަކަށް ކަމޭހިތުމާއިއެކު ބަލިމާހާގެ ވާހަކަތައް ޑޮކްޓަރަށް އަދި ޑޮކްޓަރުގެ ވާހަތައް ބަލިމާހާއަށް އަމާނާތްތެރި ކަމާއިއެކު ކިޔައިދީ ވަރަށް ރަގަޅަށް އޮޅުން ފިލުވައި ދިނުން.
  3. ބަލިމީހާ ޑޮކްޓަރަށް ހުށައަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުން ފިލުވައިދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާދިނުމަށް ވިދާޅުވާ ވާހަކަތައް ބަލިމީހާއަށް އަންގާދިނުން. (ބަސް ތަރުޖަމާ ކޮށްދިނުން.)
  4. ބަލިމީހުންބަލާ ކޮޓަރިއަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް ހަމަކުރުމާއި މެޑިކަލް ރެކޯޑްސްތައް ކޮމްޕިއުޓަރަށް އެންޓަރކުރުން.
  5. ހޮސްޕިޓަލަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރ ދޫކުރުން އަދި ބިލްހެދުން. ނުވަތަ ކައުންޓާރގައި މުވައްޒަފަކު ނެތް ހާލަތުގައި ހޮސްޕިޓަލަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރ ދޫކުރުމާއި ބިލްހެދުން.
  6. ހޮސްޕިޓަލްގެ ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހާ ފަރާތްތަކަށްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި، އިޙްތިރާމާއިއެކު މަރުހަބާކިޔާ ޚިދުމަތްތެރި ގޮތެއްގައި ޚިދުމަތް ދިނުން.
  7. ދުވަހުން ދުވަހައް އިންވެންޓްރީ ނަގާ މަސައްކަތައް ބޭނުންވާ ތަކެތި ހަމަކުރުން.
  8. ހޮސްޕިޓަލްގެ ނޯޓިސް ބޯޑުގައި ބަހައްޓަންޖެހޭ ލިޔުންތައް ބެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުން އަދި އާކުރަންޖެހޭ ލިއުންތައް އާކޮށް ބެލެހެއްޓުން.
  9. އާސަންދާގެ އެހީގެދަށުން ރިފަރ ކުރަންޖެހޭ ބަލިމީހުނަށް އެކަމުގެ މަގު ފަހިކޮށްދިނުމާއި އަދި އެކަމާއި ގުޅުންހުރި އެންމެހާ މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްތައް ކުރަމުން ގެންދިއުން.
  10. ފޯނުކޯލުތަކަށް ރިވެތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރި ގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށް ދިނުން.
  11. ޕަބްލިކް ރިލޭޝަންގެ އެންމެހާ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމާއި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.
  12. މެޑިކަލް އިންސުއަރެންސް ސްކީމްގެދަށުން ބޭސް ކޮށްދެވޭ ފަރާތްތަކަށް ހަދަންޖެހޭ ބިލްތައް ޤަވާޢިދުން ދުވަހުން ދުހަށް ހަދާ ނިންމުމަށްފަހު ކަމާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯރޓްތަކެއް އަދި ލިއުމެއްވާނަމަ ކަޑައެޅިފައިވާ އުޞޫލުން އެކަމެއް ކުރަން ޖެހިއްޖެ ހިނދެއްގައި އެ މަސައްކަތް ކުރުން.
  13. ކުއްލި ނުރައްކަލުގެ ޙާލަތްތަކުގަޔާއި، ދިމާވާ ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  14. ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން
  15. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމު ގައި އެހީތެރިވުން.
  16. ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން ޔުނިޓުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޕަބްލިކް ރިލޭޝަން ޔުނިޓަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލްކޮށް ބެލެހެއްޓުން.
  17. ތަފާތު ބޭނުންތަކަށް ހޯދުމަށް ހުށަހަޅާ ލިޔުންތައް ތައްޔާރުކޮށް ބޭނުންވާ ފަރާތްތަކަށް ރައްދުކުރުން.
  18. ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންޔުނިޓަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީކޮށް އިސްވެރިންނަށް ހުށަހަޅާ، އިސްވެރިންގެ އިރުޝާދުގެ ދަށުން އެ ލިޔުމެއް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ލިޔުންތައް ޙަވާލުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. 1.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސެޓްފިކެޓް 4، ނުވަތަ  އެޑްވާންސްޑް ސެޓްފިކެޓްއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ  
  • އެކައުންޓިންގ ޓެކްނީޝަން  
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް  
  • ބިޒްނަސް އެކައުންޓިންގ  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ފައިނޭންސް  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް  
  • ނާސިންގ  
  • ޕަބްލިކް އެކައުންޓިންގ  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް މެނޭޖްމަންޓް  

 

މި މަޤާމުގެ ވަޒީފާގެ/މަސައްކަތުގެ ދާއިރާތައް:

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވ https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 އޮކްޓޯބަރ 2026 އާއި 22 ނޮވެމްބަރ 2026  އާއި ދެމެދު،ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800844 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 އޮކްޓޫބަރު 2026
ހޯދާ