މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއަރމަން އެއް ހޯދުން

ނަންބަރު: (IUL)303-CA/303/2026/48

އިޢުލާން

ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއަރމަން އެއް ހޯދުން

ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ސަތޭކަ އިންސައްތަ ހިއްސާވާ ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ޗެއަރމަން ގެ  މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

 ޗެއަރމަން

ވަޒިފާ އަދާކުރަންޖެހޭ ތަން:

ރ. އުނގޫފާރު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، ރ. އުނގޫފާރު

އަދަދު:

 01 (އެކެއް)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު)

އެލަވަންސް

5000.00 ރުފިޔާ

ތަޢުލީމާއި ތަޖުރިބާގެ ޝަރުތު:

(ހ) މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ފެންވަރު ސަނަދެއް ޙާޞިލްކޮށްފައިވުން.

(ށ) މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް އަދި ހިންގުމުގެ އިސް މަޤާމެއްގައި މަދުވެގެން 3 (ދޭއް) އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

(ނ) ވޭތުވެދިޔަ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ސީއެމްޑީއޭ އިން ހިންގާ ޑިރެކްޓަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަކުރަން އެއްބަސްވާ ފަރާތެއް ކަމުގައިވުން.

އެހެނިހެން ޝަރުތު:

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) އުނގޫފާރުގައި ދިރިއުޅޭ ފަރާތެއްކަމުގައިވުން

(ރ) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން.

(ބ) ޖިނާއީ ކުށެއް ކުރިން ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ޅ) މި ޝަރުތުތަކުގެ (ބ) ގައި އެހެން އޮތް ނަމަވެސް، ވައްކަމާއި ޓެކުން، އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) އެއްވެސް ވިޔަފާރިއެއްގައި ހިއްސާވާ، ނުވަތަ ޑިރެކްޓަރުންގެ ބޯޑަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު:

މިނިވަން ޑިރެކްޓަރ (ޗެއަރމަން) އަކީ ބޯޑު މަސައްކަތްތައް އިސްވެ ހިންގާ ފަރާތެވެ. އެ ފަރާތުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބޯޑުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމާއި، ސްޓްރެޓެޖިކް މަޝްވަރާތައް ފަހިކޮށްދިނުމާއި، ކުންފުނީގެ މަޤުސަދު ހާސިލުވަމުންދާ މިންވަރާއި ހިންގުމުގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. ބަޔާންކުރެވުނު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ:

(ހ) ޑިރެކްޓަރުންގެ ބޯޑު އިސްވެ ހިންގުމާއި، ބޯޑުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމާއި، އެކުވެރި މާހައުލެއް ޤާއިމުކުރުން.

(ށ) ސްޓްރެޓެޖިކް ވިސްނުމަށް އިސްކަންދިނުމާއި، ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ބޯޑުގެ ސަމާލުކަން ދިނުން ކަށަވަރުކުރުން.

(ނ) ރަނގަޅު ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކާއި ޤާނޫނީ އަދި ގަވާއިދުތަކުގެ ޝަރުޠުތަކަށް ތަބާވުން ކަށަވަރުކުރުން.

(ރ) ބޯޑުގެ ސަޤާފަތާއި، ގަބޫލުކުރުންތަކާއި، އަދި އުޅުމާއި ގުޅުމުގެ މިންގަނޑުތައް ކަނޑައަޅުން.

(ބ) ބޯޑާއި، މެނޭޖްމަންޓާއި، ކައުންސިލާއި އަދި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ދެމެދު އުފެއްދުންތެރި މުއާމަލާތްތައް ފަހިކޮށްދިނުން.

(ޅ) ބޯޑު މެންބަރުން އެމީހުންގެ މަސްއޫލިއްޔަތުތަކަށް ޖަވާބުދާރީކުރުވާ އަދި ބައްދަލުވުންތަކަށް ހާޒިރުވުން ކަށަވަރުކުރުވައި، ބޯޑު ބައްދަލުވުންތައް އެންމެ އުފެއްދުންތެރި ގޮތުގައި ރާވައި ހިންގުން.

(ކ) ބޯޑު ބައްދަލުންވުންތަކުގެ އެޖެންޑާތަކަކީ ކަމާ ގުޅޭ އެޖެންޑާތަކެއް ކަމާއި މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއްކަން ކަށަވަރުކުރުން.

(އ) މެނޭޖިން ޑިރެކްޓަރ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، މެނޭޖިން ޑިރެކްޓަރ ޖަވާބުދާރީ ކުރުވައި ބެލެހެއްޓުން.

(ވ) ބޯޑާއި ކުންފުނި ތަމްސީލުކޮށް ޙިއްސާދާރުންނާއި އިންވެސްޓަރުން ފަދަ ބޭރުގެ ސްޓޭކްހޯލްޑަރުންނާ މުޢާމަލާތްކޮށް، ސްޓޭކްހޯލްޑަރުންނާ ގުޅުން ބަދަހިކުރުން.

ހުށަހަޅަންޖެހޭލިޔުންތައް:

(ހ) ވަޒީފާއަށް އެދި ކުރިމަތިލާކަމުގެ ސިޓީ.

(ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

(ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ރ) ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛

(ބ) މަޤާމަށް ބޭނުންވާ ވަޒީފާގެ ތަޖުރިބާ އަންގައިދާ ލިޔެކިޔުންތައް؛

(ބ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކޮށްފައިވާނަމަ، ފުރިހަމަކޮށްފައިވާކަމުގެ ސެޓްފިކެޓް.

 ވީމާ، މި މަޤާމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ރ. އުނގޫފާރު ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6584751 އަށް ގުޅުއްވުން އެދެމެވެ.

15 އޮކްޓޫބަރު 2026
ހޯދާ