ނޫމަރާ ޞިއްޙީ މަރުކަޒު، ށ. ނޫމަރާ
ދިވެހިރާއްޖެ
ސީނިއަރ ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

ށ. ނޫމަރާ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.                                              

މަޤާމު:

 ސީނިއަރ ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

                                                                                      J-439591

ބޭނުންވާ އަދަދު:

01 ( އެކެއް )                                                                       

މަޤާމުގެ ގިންތި:

ދާއިމީ                                                                      

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް 7- ސްޓެޕް 1                                                          

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. ނޫމަރާ ޞިއްޙީމަރުކަޒު                                                               

މުސާރަ:

 9845.00 ރުފިޔާ                                                                  

މަގާމުގެ އެލަވަންސް:

 4595.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ  އާއި އެހެނިހެން އިނާޔަތްތައް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްހީ ފަރުވާ ހޯދުމަށް ޞިއްޙީމަރުކަޒަށް އަންނަ މީހުންނަށް (އެމީހާ އައި ބޭނުމަކާއި ގުޅޭގޮތުން) މަގުދައްކައިދީ އެހީތެރިވެދިނުން.
  2. ކުއްލި ހާލަތްތަކުގައި ގެނެވޭ ބަލިމީހުންގެ މަޢުލޫމާތު ހޯދައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  3. ޑިއުޓީގައި ދިމާވާ މައްސަލަތައް ޤަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު، ހައްލުނުކުރެވޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ދިއުން.
  4. ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްގެ ކަންތައްތައް ހަމަޖައްސައި، ބެލެހެއްޓުން.
  5. ޞިއްޙީމަރުކަޒަށް އަންނަ ހުރިހާ މީހުންނާމެދު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރުމާއި ހިނިތުންވުމާއި، އޯގާތެރިކަމާއިއެކު ކޮންމެ މީހަކާއިވެސް ބައްދަލުކުރުން.
  6. ޑިއުޓީ ގައި ތިބޭއިރު ޞިއްޙީމަރުކަޒުގައި ހިނގާ ކަންތައްތަކާއި ، އަދި ކަސްޓަމަރުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ހޯދައި ، އެމަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރުވެ ތިބުން.
  7. ކަސްޓަމަރ ރިލޭޝަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ޗެކުކޮށް ބެލެހެއްޓުން.
  8. ކަސްޓަމަރ ރިލޭޝަންގެ ދާއިރާއާއި ގުޅުންހުރި ކަންތައްތައް މެނޭޖްމަންޓާއި ގުޅިގެން ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  9. ހިދުމަތް ހޯދަންއަންނަ ފަރާތްތަކާއި ގުޅިގެން އަންނަ ޝަކުވާތަކުގެ ތެރެއިން ހައްލު ނުކުރެވޭ މައްސަލަތައް ފްރަންޓް އޮފީސް މެނޭޖްމަންޓް ޔުނިޓްގެ ވެރިއާއަށް އެންގުން.
  10. ޞިއްޙީމަރުކަޒުގެ ޤަވާއިދުތަކަށް ބަލިމީހުންނާއި، އެހެނިހެން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްކުރުން.
  11. ޑިއުޓީގައި ދިމާވި ކަންތައްތައް، އަދި ޑިއުޓީ ނިމޭއިރު ޕެންޑިންގައި ހުންނަކަންތައްތައް ޑިއުޓީއާއި ހަވާލުވާ މުވައްޒަފަކަށް ރަގަޅަށް ކިޔައިދީ ހަވާލުކުރުން.
  12. އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލްތަކަށް ރެފަކުރެވޭ ބަލިމީހުން ރެފަކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި ކަމާއި ގުޅުން ހުރި މަޢުލޫމާތު ވެރިންނަށާއި، ޑޮކްޓަރުން، ނަރުހުން އަދި ޕޭޝަންޓްގެ އެހީތެރިންނަށް އެންގުން.
  13. އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ބިލް ތައްޔާރުކުރުން.
  14. އާސަންދަ/އެލައިޑް/ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތަށް ތައްޔާރު ކުރެވިފައިވާބިލްތައް (އައި.ޕީ.ޑީ/އޯ.ޕީ.ޑޯ) ކޮންމެ ރެއެއްގެ 12:00 ގެ ކުރިން ނިއްމައި ރިޕޯރޓް ތައްޔާކުރުން.
  15. ކެންސަލް ކުރެވޭ ބިލްތަކުގައި ސަބަބު ލިޔެ ވެރިޔަކު ލައްވާ ސޮއިކުރުވުން.
  16. ޑެއިލީސޭލްސް، ޓްރާންސެކްޝަން ކެންސަލް ރިޕޯރޓް، އަދި އިންވޮއިސް (ކޭޝް/ކްރެޑިޓް) ތައް ބިލްތަކާއިއެކު، ކައުންޓަރަށް ލިބިފައި ހުންނަ ފައިސާ އާއި ލިއެކިއުންތަކާއި ތަކެތި ކޮންމެ ދުވަހެއްގެވެސް ހެނދުނުގެ 08:30 ގެ ކުރިން ޞިއްޙީމަރުކަޒުގެ އޮފީހާއި ޙަވާލްކުރުން.
  17. ޞިއްޙީމަރުކަޒުގެ ރިސެޕްޝަންކައުންޓަރުން ބަލައިގަންނަ ފައިސާ ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  18. އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމާއި އެންބިއުލާންސް ދަތުރުތައް ރެކޯޑްސްކޮށް ބެލެހެއްޓުން.
  19. ކައުންޓަރުގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސަލާމް ބުނެ އަދި ތަނަށް ދަތިވެއްޖެ ޙާލަތެއްގައި ތަނުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  20. ކްރެޑިޓްގެ ދަށުން ދެވޭ ޚިދްމަތްތަކަށް، ކޮންމެ ދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަޞްލާއި އެއްގޮތަށް އިންވޮއިސް ހެދުން.
  21. ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލްތައް އެންޓަރ ކުރެވިފަވޭތޯބަލައި ކެންސަލް ކުރަންޖެހޭ ޓްރާންސެކްޝަންތައް ކެންސަލް ކުރުން.
  22. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި ޑޮކްޓަރ ކޮޓަރިއަށާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ރިވެތިބަހުން ޖަވާބުދިނުން.
  23. ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން.
  24. ބަލިމީހާގެބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑްޝީޓްގައި ޑޮކްޓަރުގެ ލަފާގެމަތިން ލިޔަމުންގެންދިއުން.
  25. އޯޕީޑި އޭރިއާ އާއި ކޮންސަލްޓޭޝަން ރޫމްތައް ސާފުކުރުވުމާއި، ތަނުގައި ހުންނަ ބޮކި ފަންކާ ހޮޅިބުރި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ނައިޓް ޑިއުޓީގައި ޗެކްކޮށް މައްސަލަ އެއް އުޅޭނަމަ އެކަން ސަޕޯޓްސަރވިސް ޔުނިޓަށް ކަނޑައެޅިފައިވާ އުސޫލުން އެންގުން.
  26. އޯޕީޑި ކައުންޓަރާއި ކޮންސަލްޓޭޝަންތަކަށް ބޭނުންވާ އެންމެހާ ތަކެތި ސްޓޮކުން ނަގާ ހަމަކުރުން.
  27. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. 1.     މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ 7 ނުވަތަ ލެވެލް 8 ޑިގްރީ ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.  

  

 

 

 

 ތަޢުލީމީ ރޮނގު(ތައް):

 

 އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އެޑްމިނިސްޓްރޭޝަން، އޮޑިޓިންގ، ބިޒްނަސް، ބިޒްނަސް    އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ކޮމާރސް ،ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، ހެލްތް އެޑްމިނިސްޓްރޭޝަން، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން، ހެލްތް ކެއަރ މެނޭޖްމަންޓް، ހެލްތު މެނޭޖުމަންޓް، ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން، ހޮސްޕިޓަލް މެނޭޖްމަންޓް، ހިއުމަންސޯސް، ހިޔުމަންރިސޯސް މެނޭޖްމަންޓް، އިންޓަރނަލް އޮޑިޓިންގ، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް، އިސްލާމިކް ފައިނޭންސް، ލެބޯޓަރީ ސައިންސްމެނޭޖްމަންޓް، މެޑިކަލް ސައިންސް، ނާސިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް ފައިނޭންސް، ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް 

                   

 ގުޅޭ ވަޒީފާގެ ދާއިރާތައް:

 

 އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް .

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

                     Annex 2 - Application form1pnd4eve.a2u.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: 

(މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 އިންޓަރވިއު

35

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮކްޓޯބަރ 2026 ވަނަ ދުވަހު 14:00 ގެ ކުރިން، ށ. ނޫމަރާ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ،     1 ނޮވެމްބަރ 2026 އާއި 20 ނޮވެމްބަރ 2026 އާއި ދެމެދު ށ. ނޫމަރާ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540666 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

14 އޮކްޓޫބަރު 2026
ހޯދާ