ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމު:

 ސީނިއަރ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

 ދާއިމީ

ޖޮބް މެޓްރިކްސް

 ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓުން

ޖޮބްފެމިލީ

 ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމަންޓަރީ ސަރވިސް

މިސްކޯ ކޯޑު:

 4112

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ސެކްޝަން:

ޕްރޮކިޔުމެންޓް

މުސާރަ:

 -/9,860 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: -/2,955 ރުފިޔާ
  • ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/80 ރުފިޔާ
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޕްރޮކިޔޮމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަން ހެޑް ހަވާލުކުރާ ރިކުއެސްޓްތަކަށް ތަކެތި/ޚިދުމަތް ޕްރޮކިއޯކުރުމުގެ މަސައްކަތްކުރުން

2- ކޯޓުތަކަށް ގަނޑުކޮށް ޕްރޮކިޔޮކުރެވޭ ތަކެތި ޕްރޮކިޔޮކުރުމުގެ މަސައްކަތްތައްކުރުން.  

3-  މައުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ބިޑަށް ހުޅުވާލުމާއި (އަގުހުށަހެޅުމުގެ ދައުވަތު ދިނުމާއި)، ބިޑް ބަލައިގަތުމާއި ބިޑް އިވެލުއޭޓްކުރުމާއި، ޕާރޗަސް އޯޑަރު ހެދުމާއި އެއްބަސްވުން ތައްޔާރު ކުރުން.  

4-  މުވައްޒަފާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކާއި އެ ނޫންވެސް ރިކުއެސްޓްތަކުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ހިނގަމުންދޭތޯ އޮވަރޯލް ބެލުން.

5-  އެއްބަސްވުމަށް ބަދަލު ގެންނަންޖެހޭ ހާލަތްތަކުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެމަސައްކަތް ކުރުން.

6- މުވައްޒަފާ ހަވާލުކުރާ ރިކުއެސްޓްތަކުގެ ތެރެއިން ޓެންޑަރ ބޯޑަށް ފޮނުވަންޖެހޭ ތަކެތި އެ ބޯޑަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން.  

7- ތައްޔާރުކުރެވޭ ޕާރޗަސް އޯޑަރތަކަށް މުދާ ޑެލިވަރީކުރޭތޯ ބެލުމާއި، ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ސްޓޭޓަސް އަދާހަމަކޮށް ބެލެހެއްޓުން.

8- ބީލަމާގުޅޭ އެންމެހައި ލިޔެކިއުންތަށް ރަށްކާތެރިކަމާއެކު ބެލެހެއްޓުމާއި ލިއުންތަށް ސްކޭންކުރުމާއެކު ފައިލްކުރުން.

9- އެސައިންކުރެވޭ މެމޯ އަދި މެއިލްތަކަށް ޖަވާބުދާރީވުމާއި، އަދާހަމަކޮށް ކްލޯޒްކުރުން.

10- ބިޑް ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ދިރާސާކޮށް ކޮމިޓީއަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުމާއި، ކޮމިޓީ މަރުހަލާގައި ނިމޭ މައްސަލަތައް ކަމާބެހޭ ސެކްޝަންތަކަށް ޤަވާއިދުން ފޮނުވަމުން ދިޔުން.  

11- ބިޑް ކޮމިޓީގެ ބައްދަލުވުންތަކާއި ނިންމުންތަކާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.  

12- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނގެ ޕްރޮކިޔޮމަންޓް ޕްލޭން ތައްޔާރުކުރުމަށް ސެކްޝަން ހެޑަށް ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން. 

13- މެޖިސްޓްރޭޓް ކޯޓުތަކުގެ ޕްރޮކިޔޮމަންޓް ޕްލޭން ކޮންސޮލިޑޭޓްކުރުމަށް، ސެކްޝަން ހެޑަށް ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން. .  

14- އެސެޓް ނަންބަރު ނަގައިދިނުން.

15- ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައަށް ފޮނުވަންޖެހޭ އެންމެހައި ތަކެތި ފޮނުވުން.

16- މީގެ އިތުރުން ދައުލަތުގެ ޕްރޮކިޔޮމަންޓް ނިޒާމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންލާޒިމުވާ އެންމެހައި ކަންކަން ކުރުން.

17-  ކޯޓުތަކަށް ބޭނުންވާ ސިއްކަ ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
  2. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މި މައްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގު

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް / އެކައުންޓިންގ / އިކޮނޮމިކްސް / ފައިނޭންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް / އެކައުންޓިންގ / އިކޮނޮމިކްސް / ފައިނޭންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

  1. 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި އިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮކްޓޫބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 27 އޮކްޓޫބަރ 2026 ން 27 ނޮވެމްބަރ 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

14 އޮކްޓޫބަރު 2026
ހޯދާ