ދިވެހިރާއްޖެ
މިސްކޫލުންދޭ މަޢުލުމާތާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި ހިރިޔާ ސްކޫލުގެ 2026 ވަނަ އަހަރު ބާއްވާ (2025 ވަނަ އަހަރުގެ ބެޗްގެ) އިނާމު ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޓްރޮފީ އަދި ހަނދާނީ ފިލާ (ޕްލާކް) ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމައްސަކަތް ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތަކާއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެއްވުމަށް، 2026 އޮކްޓޫބަރ 19 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން މި އިއުލާންއާ އެޓޭޗް ކޮށްފައިވާ "ބިޑްރަޖިސްޓްރޭޝަން" ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާނީ : [email protected]
- މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު، ބީލަން ހުށަހަޅާ ފޯމުތަށް މި އިޢުލާން އާ އެޓެޗް ކޮށްފައިވާ ބީލަން ފޮތުގައި ހިމަނާފައި ވާނެއެވެ.
- މިމަސައްކަތާ ބެހޭ އެއްވެސް ސުވާލެއް ވާނަމަ 2026 އޮކްޓޫބަރ 20 ވާ އަންގާރަ ދުވަހުގެ ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
ސުވާލު އީމެއިލް ކުރައްވާނީ: [email protected]
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮކްޓޫބަރ 28 ވާ ބުދަ ދުވަހުގެ މެންދުރު 14.00 ގައި ހިރިޔާ ސްކޫލުގައެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
