މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކުޅިވަރު ފެސްޓިވަލް 2026 ގައި 09 ފަރާތަށް ކެއުން ހަމަޖެއްސުމާއި އެކޮމަޑޭޝަން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން

ކައުންސިލް ކުޅިވަރު ފެސްޓިވަލް 2026 ގައި 09 ފަރާތަށް ކެއުން ހަމަޖެއްސުމާއި އެކޮމަޑޭޝަން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން 

މިކައުންސިލުންދޭ މަޢުލޫމާތާއި  އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލް ކުޅިވަރު ފެސްޓިވަލް 2026 ގައި އެކަމަޑޭސަން އަދި 09 ފަރާތަށް 03 އިރު ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތް ކޮއްދެވޭނެ އަގު ހިމަނައި،02  ކޯޓޭޝަން  ވަކިން ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.

ރަޖިސްޓްރީވުން:

ކޮޓޭޝަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 14 އޮކްޓޯބަރ 2026 ބުދަ ދުވަހުގެ 13:00ން ފެށިގެން 20 އޮކްޓޯބަރ 2026 އަންގާރަ ދުވަހުގެ 13:00 އާއި ދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް:https://forms.gle/zyDCSY7KKQBdPoKv7

ކޯޓޭޝަން ހުށަހެޅުމާއި ، ކެނޑުން:

ތަފްސީލް

ތާރީހް:

ދުވަސް:

ވަގުތު:

ތަން:

ކެއުމުގެ ކޮޓޭޝަން

22 އޮކްޓޯބަރ 2026

ބުރާސްފަތި

13:00

ށ.ކަނޑިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ރޫމް ކޮޓޭޝަން

22 އޮކްޓޯބަރ 2026

ބުރާސްފަތި

13:15

ށ.ކަނޑިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންނަށެވެ.

މިމަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މި އިއުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ 6540041  ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

03  ޖުމާދުލްއޫލާ 1448

 

14 އޮކްޓޫބަރު 2026
ހޯދާ