ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ހިނަވާގެ ޢިމާރާތާއި ގޯޅި އަދި ވަށައިގެންވާ މަގާ ގޯޅި ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް އަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބިޑެކެވެ. މި މަސައްކަތައް އެއް ފަރާތައް ވުރެން ގިނަ ފަރާތަކުން ބީލަން ސިޓީ ހުށަހަޅާފައިވާނަމަ އެންމެ ގިނަ ޕޮއިންޓް ދެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި މަސައްކަތުގެ ބިޑު ހުޅުވުން އޮންނާނީ 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހު 11:00 ގައި ކައުންސިލްގެ ޖަލްސާ ކުރާ މާލާމް (ކެނދި މާލްމް) ގައެވެ.
ބީލަން ނުވަތަ ސިޓީ ކަރުދާހުގެ އަސްލު ހުށަހަޅުއްވަންވާނީ ސިޓީއުރައިގައި ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ކެނދިކޮޅު ހިނަވާގެ ފޮޅާ ސާފުކުރުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.
ސުންގަޑިތައް:
|
ރަޖިސްޓްރޭޝަން |
19 އޮކްޓޫބަރު 2026، 14:00 |
|
|
ބިޑު ހުޅުވުން |
22 އޮކްޓޫބަރު 2026، 11:00 |
ކެނދި މާލަމް |
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކެނދިކުޅުދޫ ކައުންސިލްގެ ނަންބަރު 6560013 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
