މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ސިސްޓަމް އެނަލިސްޓް - މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ

އިޢުލާން

މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސިސްޓަމް އެނަލިސްޓް

މަޤާމުގެ ނަންބަރު

J-465343

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ހެލްތު އެންޑް ސޯޝަލް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓް، ޑިޖިޓަލް ހެލްތު އެންޑް ސޯޝަލް އިންފޮމޭޝަން ސިސްޓަމްސް ޑިވިޜަން، އިންފޮމޭޝަން ސޮލިއުޝަން އެންޑް އިންޓަރގްރޭޝަން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ / މާލެ

މުސާރަ

-/12,790 ރުފިޔާ

މަގާމުގެ އެލަވަންސް

-/5,965 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/ 160
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޑިޖިޓަލް ހެލްތު ބްލޫޕްރިންޓްގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުއާއި އެއްގޮތަށް މަސައްކަތްތައް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  2. ޤައުމީ ފެންވަރުގައި ބޭނުންކުރާ ހެލްތު އަދި ސޯޝަލް ނިޒާމުތަކާއި ގުޅުން ހުރި ރަޖިސްޓްރީތައް ސްޓެންޑަރޑައިޒް ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކޮށް، އެ ރަޖިސްޓްރީތަކަށް ބޭނުންވާ ޤައިޑްލައިންތައް ތައްޔާރުކުރުމުގައި އިސްކޮށް މަސައްކަތް ކުރުން.
  3. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ރިކުއާމަންޓް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މަސައްކަތް ކޮށް ރިކުއަރމަންޓްސް ހޯދައި ޑޮކިއުމަންޓް ކުރުމުގައި އިސްކޮށް މަސައްކަތް ކުރުން.
  4. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ޔޫޒާ ޑޮކިއުމަންޓޭޝަނާއި ސިސްޓަމް ޑޮކިއުމަންޓޭޝަން ކުރުމުގައި އިސްކޮށް މަސައްކަތް ކުރުން.
  5. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން އެއްވެސް ފަރާތަކާއި ހަވާލު ކުރެވިއްޖެ ނަމަ، އެފަރާތަކާއި ގުޅިގެން އެ މަސައްކަތްތައް އިސްކޮށް ކުރިޔަށް ގެންދިއުން.
  6. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ޔުޒާ ޓެސްޓިންގެ މަސައްކަތްތައް އިސްކޮށް ކުރިޔަށް ގެންދިޔުމާއި، ރަނގަޅު ކުރަންހުރި ކަންތައްތައް ދެނެގަނެ ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން.
  7. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތައް އަދާހަމަކުރުމަށްޓަކައި ސެކްޝަނުގެތެރެއިން ކުރަން ހުންނަ މަސައްކަތަތައް އިސްކޮށް ކުރުން.
  8. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ، މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިވެލޮޕަރުންނާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރުން.
  9. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކަށް އެކްސެސް ދޭންޖެހޭ ފަރާތްތަކަށް އެކްސެސް ދިނުމުގެ މަސައްކަތްތައް އިސްކޮށް ކުރިޔަށް ގެންދިޔުން
  10. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކަށް އަހުލުވެރިކުރުވުމާއި، ސިސްޓަމްތައް ބޭނުންކުރުމުގެ ހުނަރު ތަރައްޤީކުރުމުގެ ޓްރއިނިންގތައް ހިންގުމުގެ މަސައްކަތް އިސްކޮށް ކުރުން.
  11. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ޑޭޓާ މައިގްރޭޓް ކުރުމާއި ޑޭޓާ އިމްޕޯޓް ކުރުމުގެ މަސައްކަތް އިސްކޮށް ކުރިޔަށް ގެންދިޔުން.
  12. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގައި ހިމެނޭ ފީޗަރސްތައް ޓެސްޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ އެއަށް ފީޑްބެކް ދިނުން
  13. ދާއިރާއާއި ގުޅުންހުރި އިންފޮރމޭޝަން ސިސްޓަމް ގައި ހިމެނޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ރިކުއެސްޓްތައް ބެލެހެއްޓުމާއި އަދި ނިމެމުންދާ ފީޗަރސްތަކުގެ މައުލޫމާތު ޑޮކިއުމަންޓްލޮށް ބެލެހެއްޓުން
  14. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  15. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އޭ.އައި އެންޑް މެޝިން ލަރނިންގ  
  • އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް  
  • އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ  
  • އާޓިފިޝަލް އިންޓަލިޖެންސް  
  • އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް  
  • އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސަސްޓެއިނަބަލް ޓެކްނޮލޮޖީސް  
  • ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ  
  • ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ  
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ  
  • ކްރިއޭޓިވް ޓެކްނޮލޮޖީ އެންޑް އާޓިފިޝަލް އިންޓެލިޖެންސް.  
  • ސައިބަރ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ  
  • ސައިބަރ ސެކިއުރިޓީ  
  • ސައިބަރ ސެކިއުރިޓީ އެނަލިސިސް  
  • ސައިބަރ ސެކިއުރިޓީ އެންޑް ޑޭޓާ ގަވަރނަންސް  
  • ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް  
  • ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓަލިޖަންސް  
  • ޑިޖިޓަލް ފޮރެންސިކްސް  
  • ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  • އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  • މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ  
  • ސޮފްޓްވެއަރ އިންޖިނިއަރިންގ 

ގުޅޭ ވަޒީފާގެ ދާއިރާ

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 21 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށެވެ.    

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮކްޓޫބަރު / ނޮވެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014407، 3014408، 3014409، 3014410، 3014416، 3014403، 3014404، 3014421 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 އޮކްޓޫބަރު 2026
ހޯދާ