ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކަށް ޖެހޭ ހުދު ކޫޑީގެ ބައްޔަށް ފަރުވާ ކުރުމަށް ދޫކުރެވޭ ބޭސް ޕެކެޓާ ގުޅޭ:


މި ރަށުގެ ރުއްތަކަށް ޖެހެމުން އަންނަ ހުދު ކޫޑީގެ ބަލި ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން މި އިދާރާއަށް ފޮނުއްވާފައިވާ "ރުކުގައި ހަރުކުރާ ބޭސް ޕެކެޓް" ގެ 229 (ދުއިސައްތަ ނަވާވީސް) ޕެކެޓް މިހާރު ވަނީ ރައްޔިތުންނަށް ބަހައި ހުސްވެފައެވެ.
އަދި މި ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ އިތުރު ބޭސް ޕެކެޓް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ. އިތުރު ބޭސް ޕެކެޓް ލިބުނުހާ އަވަހަކަށް، އެ ތަކެތި ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރެވޭނެއެވެ.
މި ކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

14 އޮކްޓޫބަރު 2026
ހޯދާ