މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަންކިޔުން

މި ކޯޓްގައި ބޭނުންކުރެވިފައިވާ ބައެއްތަކެތި ނީލަންކިޔުމަށް  ކުރެވުނު ނަމްބަރ A-544/2026/6 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް ހާޟިރުވެފައި ނުވަތީ، އަލުން ނީލަންކިޔުން 23 އޮކްޓޯބަރ 2026 ވަނަދުވަހުގެ 16:00 ގައި މިކޯޓްގައި އޮންނާނެއެވެ.

ވީމާ ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަންކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެމެވެ.    

     14 އޮކްޓޯބަރ 2026

14 އޮކްޓޫބަރު 2026
ހޯދާ