ދިވެހިރާއްޖެ
އިޢުލާނު
|
މަޤާމް: |
ސެކްރެޓަރީ ޖެނެރަލް |
||||||||||
|
މަޤާމުގެ ގިންތި: |
މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށް |
||||||||||
|
މަޤާމުގެ ރޭންކް: |
"ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމުގެ އޮނިގަނޑު" ގައި ބަޔާންކޮށްފައިވާ ރޭންކުތަކެވެ. (މަޤާމުގެ ރޭންކުތައް އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ.) |
||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މަޤާމު އޮތް ރަށު ކައުންސިލްތަކުގެ އިދާރާތަކާއި ވަޒީފާ އަދާކުރަންޖެހޭ ތަނާއި، އިޢުލާނު ކުރެވޭ މަޤާމުގެ އަދަދު މި އިޢުލާނުގެ ޖަދުވަލު 2 ގައި ހިމަނާފައިވާނެއެވެ. |
||||||||||
|
މަޤާމުގެ މުސާރަ: |
"ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމުގެ އޮނިގަނޑު" ގައި ބަޔާންކޮށްފައިވާ މުސާރަ. (މަޤާމުގެ މުސާރަ އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ.) |
||||||||||
|
އެގްޒެކްޓިވް އެލަވަންސް: |
"ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމުގެ އޮނިގަނޑު" ގައި ބަޔާންކޮށްފައިވާ އެގްޒެކެޓިވް އެލަވަންސް. (މަޤާމުގެ އެގްޒެކެޓިވް އެލަވަންސް އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ.) |
||||||||||
|
އެހެނިހެން އެލަވަންސް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލް އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސްމަޤާމަށް ވާތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނެއެވެ. |
||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ ޝަރުތުތައް އިޢުލާނުގެ ޖަދުވަލު 1 ގައި ހިމަނާފައިވާނެއެވެ. |
||||||||||
|
މަޤާމަށް ޝަރުތު ހަމަކުރުން: |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 3 ގެ ޝަރުތުހަމަވާ ފަރާތްތަކަށް ފުރުސަތުދެވޭނީ ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 4 ގެ ޝަރުތުހަމަވާ ފަރާތެއް ކުރިމަތިލާފައިނުވާ ނަމަ ނުވަތަ ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 4 ން ޝަރުތުހަމަވާ ފަރާތެއް ވަޒީފާއަށް ނުހޮވޭ ނަމައެވެ. ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 3 ގެ ޝަރުތުން ޝަރުޠު ފުރިހަމަކޮށް ވަޒީފާ ހަމަޖައްސާ ފަރާތްތަކުގެ ތެރެއިން އެފަރާތުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 4 ގައި ކަނޑައަޅާފައިވާ ސަނަދުގެ ތެރެއިން ސަނަދެއް ފުރިހަމަކޮށްފި ނަމަ، އެ ފަރާތުގެ ވަޒީފާގެ އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށް ޕަބްލިކް ސަރވިސް ރޭންކް 16، ލެވެލް 4 ގެ ރޭންކަށް ވަޒީފާ ބަދަލުކުރެވޭނެއެވެ. |
||||||||||
|
މަޤާމަށް ޢައްޔަނުކުރުމުގެ ޝަރުތެއް އުނިވުން: |
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރުމަށްފަހު، ދިމާވާ ޙާލަތަކާއި ގުޅިގެން ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2014 ގެ 78 ވަނަ މާއްދާގައިވާ ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުތެއް އުނިވެއްޖެނަމަ، އެ ފަރާތެއް ވަޒީފާއިން ވަކިކުރެވޭނެއެވެ. |
||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
(ނޯޓް: މަސްއޫލިއްޔަތުތަކުގެ ތަފްޞީލު މި އިޢުލާނާއެކު އެޓޭޗްކޮށްފައި) |
||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ، 2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން، [email protected] އަށެވެ. މި އީމެއިލް މެދުވެރިކޮށް ނޫން ގޮތަކަށް ހުށަހަޅާ އެޕްލިކޭޝަނާއި ލިޔުންތައް ބަލައި ނުގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އައި.ޑީ.ކާޑު ނަންބަރު ޖެހުމަށް ދަންނަވަމެވެ. އަދި އީމެއިލްގެ ސަބްޖެކްޓްގެ ގޮތުގައި ކުރިމަތިލާ އިދާރާގެ ނަން ޖެއްސެވުމަށް ދެންނެވީމެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
https://www.csc.gov.mv/Policy/Index/20 2. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިޤްރާރު. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2026 އޮކްޓޫބަރު 25 އާއި 2026 ނޮވެންބަރު 24 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 20 ދުވަހާއި ދޭތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ "މައި އެކައުންޓް" މެދުވެރިކޮށް ކޮމްޕްލެއިންޓްސް ރިކުއެސްޓެއްގެ ގޮތުގައެވެ. |
||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307307 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ "އުޞޫލުތައް" މި ބައިން https://www.csc.gov.mv/Policy/Index/20 ލިބެން ހުންނާނެއެވެ. |
|||||||||||
