މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިޢުލާން)

އެފް.އޭ.އެމް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދުވާފަރު ތަމްސީލުކުރާ ޓީމް އަދި ސަޕޯޓަރުން ދަތުރުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ނަންބަރު (IUL)304-CA/304/2026/94 (28 ސެޕްޓެމްބަރ 2026) ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން  އިޢުލާންކުރަމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 13 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2026 އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

20 އޮކްޓޯބަރ 2026

އަންގާރަ

11:00ގެ ކުރިން

އަންދާސީ ހިސާބު ހުށަހެޅުން

25 އޮކްޓޯބަރ 2026

އާދީއްތަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

02 ޖުމާދަލްއޫލާ 1448 

13 އޮކްޓޫބަރު 2026
ހޯދާ