މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ރޯމަސް މާރުކޭޓުގެ މަސްކަނޑާ ބަޔަށް ލޮނުފެން ނެގުމަށް ލޯކަލް މަރުކޭޓު ސަރަހައްދުގައި ބެހެއްޓިފައި ހުރި ޕަންޕު ހައުސް ބަދަލުކޮށް އައު ޕަންޕު ހައުސް އިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ،

މާލޭ ރޯމަސް މާރުކޭޓުގެ މަސްކަނޑާ ބަޔަށް ލޮނުފެން ނެގުމަށް ލޯކަލް މަރުކޭޓު ސަރަހައްދުގައި ބެހެއްޓިފައި ހުރި ޕަންޕު ހައުސް ބަދަލުކޮށް އައު ޕަންޕު ހައުސް އިމާރާތެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

18 އޮކްޓޫބަރު 2026 (އާދިއްތަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

25 އޮކްޓޫބަރު 2026 (އާދިއްތަ)

13:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

13 އޮކްޓޫބަރު 2026
ހޯދާ