މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްފުށީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުސޫލު - ފުރަތަމަ އިސްލާޙް

އުސޫލު ނަންބަރު: (OTHR)332-ESD/332/2026/4 (ދިއްފުށީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުސޫލު) އަށް ފުރަތަމަ އިސްލާޙް ގެނައުން

އުސޫލު ނަންބަރު: (OTHR)332-ADHR/332/2026/4 (ދިއްފުށީ ފުޓްސަލްދަނޑު ބޭނުންކުރުމުގެ އުސޫލު) އިސްލާޙުކުރުން.

 

ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާއަށް އަންނަނިވި ބަދަލުތައް ގެނެސް އިސްލާޙުކުރުން.

  1. ބުނެވިދިޔަ އުސޫލުގެ 05 ވަނަ މާއްދާގެ ސުރުހީ "މުބާރާތްތަކަށް އަދި އެހެނިހެން ބޭނުންތަކަށް ދަނޑު ދޫކުރުން." މިފަދައިން ބަދަލުކުރުން
  2. ބުނެވިދިޔަ އުސޫލުގެ 05 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާޙުކުރުން.
 

ކުރިން އޮތްގޮތް

05 ވަނަ މާއްދާގެ (ޅ)

ޓޫރިސްޓް ރިސޯޓަކުން ނުވަތަ ޓޫރިސްޓް ގެސްޓް ހައުސް އަކުން މުބާރާތެއް ބާއްވަން ނުވަތަ ރަހުމަތްތެރިކަމުގެ މެޗެއްކުޅެން ބޭނުންވެއްޖެނަމަ ދަނޑު ދޫކުރެވޭނީ ދުވާލު މެޗަކަށްނަމަ -/500 (ފަސް ސަތޭކަ) އަދި ރޭގަނޑު މެޗަކަށްނަމަ -/1000 (އެއްހާސް ރުފިޔާ) އަށެވެ. ރަށުގެ ޖަމިއްޔާއަކާއި ގުޅިގެން ބާއްވާނަމަވެސް ފުޓްސަލް ދަނޑު ދޫކުރެވޭނީ މިމާއްދާގެ ދަށުންނެވެ. (ގަޑިއިރަކަށް)

ގެނެވުނު އިސްލާޙު

05 ވަނަ މާއްދާގެ (ޅ)

ޓޫރިސްޓް ރިސޯޓަކުން ނުވަތަ ޓޫރިސްޓް ގެސްޓް ހައުސްތަކުން މުބާރާތެއް ބާއްވަން ނުވަތަ ރަހުމަތްތެރިކަމުގެ މެޗެއްކުޅެން ބޭނުންވެއްޖެނަމަ ދަނޑު ދޫކުރެވޭނީ (ދުވާލު އަދި ރޭގަނޑު) މެޗަކަށްނަމަ -/500 (ފަސް ސަތޭކަ) އަށެވެ. އަދި ވަގުތަށް ފީ ނަގާނަމަ، ގަޑިއިރަކަށް -/500 (ފަސް ސަތޭކަ) އަށެވެ.

މިގޮތުން، މިފަދަ މެޗެއް ބާވަނީ ރަށުގެ ޖަމިއްޔާއަކާ ގުޅިގެން ކަމުގައި ވީނަމަވެސް، ފުޓްސަލް ދަނޑު ދޫކުރެވޭނީ މިމާއްދާގެ ދަށުންނެވެ.

  1. އިސްވެ ބަޔާކުރެވުނު އުސޫލުގެ 5 ވަނަ މާއްދާއަށް (ފ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން

އިތުރުކުރާ އަކުރު

05 ވަނާ މާއްދާގެ (ފ)

ދިވެހި ރައްޔިތަކަށްނުވާ ވަރކް ޕާމިޓް އޮންނަ ފަރާތްތަކަށް ދަނޑު ކުއްޔަށް ދޫކުރެވޭނީ ގަޑިއިރަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުންނެވެ.

  1. މި އިސްލާޙަށް ޢަމަލުކުރަންފަށާނީ ކައުންސިލް އިން ގެޒެޓް ކުރާ ތާރީޚުން ފެށިގެންނެވެ. މިއިސްލާޙު ފާސްކޮށްފައިވަނީ 2026 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުން (D5-0035) – 07 ސެޕްޓެމްބަރ 2026 ވަނަ ބައްދަލުވުމުންނެވެ. 
13 އޮކްޓޫބަރު 2026
ހޯދާ