ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމުގެ މަސައްކަތް ކުރުން
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ ގޯތިތެރޭގައި ވޯކްވޭ ގައު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް[email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް މިކޯޓަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ދީފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށާއި އަދި މި މަސައްކަތާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގް ގައި ބައިވެރިވާ ފަރާތްތަކަށެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
19 އޮކްޓޫބަރު 2026 |
ހޯމަ |
12:00 |
|
ޕްރީބިޑް މީޓިންގް ބާއްވާގަޑި |
19 އޮކްޓޫބަރު 2026 |
ހޯމަ |
13:00 |
|
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
21 އޮކްޓޫބަރު 2026 |
ބުދަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6840051 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
01 ޖުމާދަލްއޫލާ 1448
12 އޮކްޓޯބަރ 2026
