ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ. ދިއްދޫގެ ބިމާއި އިޙްތިޞާސް ހިމެނޭގޮތަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ޓޮޕޮގްރަފިކް ސަރވޭ އާއި ކަމާއިގުޅޭގޮތުން ހަދަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި އަދި ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ގަޑި

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ސުންގަޑި

21 އޮކްޓޯބަރު 2026 (ބުދަ)

މެންދުރު 12:00

މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވަންވީ ސުންގަޑި

25 އޮކްޓޯބަރ 2026 (އާދީއްތަ)

މެންދުރު 12:00

އަންދާސީ ހިސާބު ހުށަހެޅުން

28 އޮކްޓޯބަރު 2026 (ބުދަ)

ހެނދުނު 11:00

ބީލަން ރަޖިސްޓަރީ ކުރުމަށާއި މަޢުލޫމާތު ސާފުކުރުމަށް މެއިލް ފޮނުވާނީ  ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected]  އަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6500019 އަށެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

12 އޮކްޓޫބަރު 2026
ހޯދާ