އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭލިން މެޝިން (ބޭލަރ) އެއް ގަތުމާބެހޭ

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭލިން މެޝިން (ބޭލަރ) އެއް ގަތުމާބެހޭ.

                މި ކައުންސިލުން ހިންގާ މިރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭލިން މެޝިން (ބޭލަރ) އެއް ވަރަށް އަވަހަށް ގަންނަން ބޭނުންވެއެވެ. މިގޮތުން މި މެޝިން ރަށަށް ގެނައުމާއި އިންސްޓޯލް ކޮށް ދިނުމާއި، ތަނުގެ މުވައްޒަފުންނަށް މެޝިން އޮޕަރޭޓް ކުރާނެ ގޮތުގެ ތަމްރީނު ދިނުމަކީ މެޝިން ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އަދި މިވަގުތު ކުނިމެނޭޖް ކުރުމުގެ ޙާލަތު ހުރިގޮތުން، ލަސްވެގެން 15 ދުވަހުގެ ތެރޭގައި މެޝިން ކައުންސިލަށް ފޯރުކޮށްދޭ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

ބޭލިންގ މެޝިނާ ބެހޭ މަޢުލޫމާތު:                   Specifications are as follows:

Model: Mini Baler ( SVB2-S-200S6040 )

Feed Opening: 600x400 mm

Compressing Chamber Size: 600x400x900 mm

Bale Size:600x400x(200-500)mm

Number of Strapping Lines: 4 lines

Motor Power: 4KW

Control System: Manual Control

Power Supply: 400V / 50Hz / 3-Phase

                ވީމާ، މަތީގައިވާ މަޢުލޫމާތު ތަކަށް ފެތޭ، ބޭލިންގ މެޝިނެއް ކައުންސިލަށް

 

ފޯރުކޮށްދެވޭނެ ފަރާތްތަކުން މުއްދަތާއި އަގު ބަޔާންކޮށް،18 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ބިޑު ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 6680631 އަށް އަދި ބަންދު ގަޑީޑީގައި 9593939 އަށް ގުޅުއްވުން އެދެމެވެ.

                01 ޖުމާދަލްއޫލާ  1448

                12 އޮކްޓޯބަރު   2026      

                                                 އިބްރާހީމް ޢުޘްމާން

                                                ކައުންސިލްގެ ރައީސް

 

12 އޮކްޓޫބަރު 2026
ހޯދާ