މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑަށް ކުނި ގެންދިއުމާއި ގުޅޭ

މިހާރަކަށްއައިސް އަމިއްލަ ބައެއް ފަރާތްތަކުން ކައުންސިލަށް ނާންގާ ކުނިއުކާލަމުންދާކަމުގެ މަޢުލޫމާތު މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިކަމަކީ ކުރިންވެސް މަނާކުރެވިފައިވާކަމެއް ކަމުގައި ދަންނަވަމެވެ. ވީމާ، މިއަދުންފެށިގެން ކުނިގޮނޑަށް (ކުނިއަންދާ ސަރަހައްދަށް) ކުނި ގެންދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިންނެވެ.

  • ކުނިއަންދާ ސަރަހައްދަށް ކުނި ގެންދެވޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެދުވަހެއްގެ ހެނދުނު8:00ން މެންދުރުފަހު 14:00 އާއި ދެމެދުއެވެ.
  • ކުނިއަންދާ ސަރަހައްދަށް ކުނިގެންދިއުމުގެކުރިން ކައުންސިލަށް ފައިސާ ދައްކަންވާނެއެވެ. ކުނިއަޅަންވަނީ ކައުންސިލުން ދޫކުރާ ފައިސާ ދެއްކިކަމުގެ ރަސީދު ކުނިއަންދާ ސަރަހައްދުގައި ތިބޭ މުވައްޒަފުންނަށް ދެއްކުމަށް ފަހުގައެވެ.

މިއެންގުމާއި ޚިލާފަށް ކުނި ގެންދާފަރާތްތަކާމެދު "ބ. ދަރަވަންދޫގައި ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު"ގައި ވާ ގޮތުގެ މަތީންފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

 

12 އޮކްޓޫބަރު 2026
ހޯދާ