މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއި ގުޅޭ:

އިޢުލާން

ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލުމާއި ގުޅޭ:

  މި ކައުންސިލާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އިދާރާތަކުން ދޭ ޚިދުމަތްތަކާއި ގުޅިގެން، ކައުންސިލަށް ދައްކަންޖެހޭ ފައިސާއާއި އެހެނިހެން ތަންތަނަށް ފޮނުވުމަށް ކައުންސިލުން ބަލައިގަންނަ ފައިސާ 2027 ޖަނަވަރީ 01 އިން ފެށިގެން ނަގުދު ފައިސާއިން ބަލައިގަތުން ހުއްޓާލުމަށް، ކައުންސިލްގެ ނަމްބަރ: MC-NM-365/2026/22 (08 އޮކްޓޯބަރ 2026) ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. އަދި ދެންނެވިފައިވާ ތާރީހުގެ ފަހުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ.

  ވީމާ، 2027 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އިދާރާއަށް ދައްކަންޖެހޭ ފައިސާ ދައްކަވަމުން ގެންދަވާނީ ކަމާއި ގުޅުންހުރި އެކައުންޓްތަކަށް ޓްރާންސްފަރ ކޮށްގެން ކަމުގައި ދަންނަވަމެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ސްލިޕްކޮޅުގައި ކޮންފަރާތަކުން ދެއްކި ފައިސާއެއްކަމާއި ކޮންބޭނުމަކު ދެއްކި ފައިސާއެއްކަން އެނގޭގޮތަށް މިސާލަކަށް:(Ahmed Mohamed / VaareyVilla, M.Muli (ID:A000001), ID Card Idhaaree fee)

މިގޮތަށް ލިޔުއްވުން އެދެމެވެ. ފައިސާ ޖަމާކުރުމަށްފަހު މިއިދާރާގެ ފޯން ނަމްބަރ 7600508 އަށް ސްލިޕް ވައިބަރ ކޮއްދެއްވުން އެދެމެވެ.

   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2026
ހޯދާ