ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މި އިދާރާގެ ނަންބަރު (IUL)423/423/2026/59 (17 ސެޕްޓެމްބަރ 2026) އިޢުލާނާއާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ގދ. ފަރެސްމާތޮޑާ މާތޮޑާ އަވަށު ކުރީގެ އޮފީސް ޢިމާރާތް ހުރި ބިން 25 (ފަންސަވީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އޮކްޓޯބަރ 2026 ވަނަދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ފޯމާއެކު ފައިސާ ދެއްކި ކަމުގެ ސްލިޕް ހުށައަޅަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމާއި ބީލަމުގެ ތަފްޞީލު

  1. ބީލަން ފޮތް ބައްލަވައިގަތުން: ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. (ބީލަމުގައި ރަޖިސްޓްރީވުމުން ބީލަން ފޮތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.)
  2. ބީލަން ފޮތް ވިއްކާ އަގު: -/1,500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ) - މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ (Non-refundable).
  3. ބެންކު އެކައުންޓްގެ ތަފްޞީލް: 7701700481001 (1474 – Revenue-1)
  4. ފައިސާ ޖަމާކުރުމާއި ސްލިޕް ފޮނުވުން: ފައިސާ ޖަމާކުރައްވާއިރު ރިފަރެންސްގައި "ބީލަމުގައި ރަޖިސްޓްރީ ވުމަށް" ލިޔުއްވުމަށްފަހު، ޓްރާންސްފަރ ސްލިޕް 7922021 ނަންބަރު ވައިބަރއަށް ނުވަތަ މިއިދާރާގެ އީމެއިލަށް ފޮނުއްވުން އެދެމެވެ.
  5. މަޢުލޫމާތު ސާފުކުރުން: މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected]  އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  6. ޕްރީ-ބިޑް މީޓިންގ: މި ބީލަމުގެ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 22 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
  7. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން: ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 12 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2026
ހޯދާ