ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ބަލައިގަތުމުގެ މުއްދަތު އިތުރުކުރުން.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ އުފެއްދުންތައް ހަވާލުކުރުމާ ގުޅޭގޮތުން 28 ސެޕްޓެންބަރު 2026 ގައި ކޮށްފައިވާ ނަންބަރ (IUL)BCC-SDRS/1/2026/73 އިޢުލާނުގައިވާ ތަކެތި ބަލައިގަންނަ މުއްދަތު ވަނީ 15 އޮކްޓޫބަރު 2026 އާ ހަމައަށް އިތުރުކުރެވިފައެވެ.  

ކާބޯތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގައެވެ. އަދި  ކޭކް ޑެކަރޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހުގައެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ދުވަސްތަކުގެ ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައެވެ. ތަކެތި ހަވާލުކުރާއިރު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ ހުރިހާ މައުލޫމާތު ފުރިހަމަ ކުރައްވަންވާނެއެވެ. އަދި ބަންދުކުރަންޖެހޭ ތަކެތި ހުންނަންވާނީ ރައްކާތެރިކަމާއެކީ ބަންދު ކޮށްފައެވެ.

ވީމާ، މި ދެންނެވި ތާރީޚުތަކުގައި ތަކެތި ހަވާލުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި ކޯޕަރޭޝަނުގެ 3330601 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2026
ހޯދާ