މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

            މިކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ގުޅިގެން  މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ރަށު ފެންވަރުގައި ފާހަގަ ކުރުމުގެގޮތުން ކާބޯތަކެތީގެ މައުރަޒެއް 16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މައުރަޒުގައިބައިވެރިވެވޭނީ ލަންދޫއަށް ނިސްބަތްވާ ފަރާތްތަކަށް އެކަންޏެވެ. މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން  1 ވަނަ ، 02 އަދި 03 ވަނަ ހޮވައި އެފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

01 ވަނަ އަށް -/5000 ރުފިޔާ

 02 ވަނައަށް -/3000 ރުފިޔާ

03 ވަނަ އަށް -/2000 ރުފިޔާ

              ވީމާ، މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުންފެށިގެން ހުޅުވާލަމެވެ. މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށްދޫކުރާ 'ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމަށްއެދޭ ފޯމް' ފުރުއްވުމަށްފަހު 13 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުންއެދެމެވެ. މި އިއުލާނާއިއެކު 'ކާބޯތަކެތީގެ މައުރަޒު އިންތިޒާމު ކުރުމާއި، ހިންގުމުގެ ޢާއްމު އުޞޫލާއި ޤަވާއިދު' އާއްމުކުރަމެވެ.

                 

               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

11 އޮކްޓޫބަރު 2026
ހޯދާ