ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު-ޕާޓިޝަން ޖެހުން

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

ސާރވަރ ރޫމް ވަކިކުރުމަށް ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)1086/1086/2026/35 (26 ސެޕްޓެމްބަރ 2026) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ސާރވަރ ރޫމް ވަކިކުރުމަށް ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 އޮކްޓޯބަރ 14 ވާ ބުދަ ދުވަހުގެ 11:00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް އޮކްޓޯބަރ 13 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

11 އޮކްޓޫބަރު 2026
ހޯދާ