ދިވެހިރާއްޖެ
ނަންބަރު: 674-A/2026/69
އިޢުލާން
މި ކޯޓުގެ ސްޓާފް އޭރިއާއާއި ވެއިޓިންގ އޭރިއާގައި ނެވިލޯން އެޅުމާއި ގުޅޭ
ކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ އިމާރާތުގެ ސްޓާފް އޭރިއާއި ވެއިޓިންގ އޭރިއާގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވައި، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް މިކޯޓަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ދީފައިވާ މުއްދަތުގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބިޑް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
15 އޮކްޓޫބަރ 2026 |
ބުރާސްފަތި |
14:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
21 އޮކްޓޫބަރ 2026 |
ބުދަ |
13:30 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން 07 ދުވަސް ތެރޭގައި ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6841612 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
30ރަބީޢުލްއަޚިރާ 1448
11 އޮކްޓޫބަރ 2026
