ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އެތެރޭގައި ނެވިލޯން އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ އެތެރޭގައި ނެވިލޯން އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ،
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 އޮކްޓޯބަރ 12 ން ފެށިގެން 2026 އޮކްޓޯބަރ 18 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް މި ކޯޓަށް ވަޑައިގެން ނުވަތަ މިކޯޓުގެ އީމެއިލް: [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ 13:00 ގައި ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 28 ވާ ބުދަ ދުވަހުގެ 13:00 ގައި ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ގދ.ރަތަފަންދޫ
ފޯން: 6840151 ،6840153
އީ-މެއިލް: [email protected]
ބީލަންފޯމާއި ރަޖިސްޓްރީ ފޯމް، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
11 އޮކްޓޫބަރު 2026
ހޯދާ
